ދީޕިކާ ޕަދްކޯނާއި ޕްރަބާސްގެ ފިލްމު އަންނަ އަހަރުގެ ޖެނުއަރީ 12، 2024 ގައި ސިނަމާތަކަށް ގެންނަން ނިންމައި އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.
ފިލްމު ބެލުންތެރިންނަށް ދޫކޮށްލާނެ ތާރީހު އިއުލާންކުރި ނަމަވެވެސް މީގެ ނަން އަދިވެސް ހާމައެއްނުކުރެ އެވެ. ސައިންސް ފިކްޝަން ޖޯންރާގެ ފިލްމުގެ މަސައްކަތް ކުރިއަށް ގެންދަނީ ”ޕްރޮޖެކްޓް ކޭ“ ގެ ނަމުގަ އެވެ. މީގެ ކާސްޓްގައި އަމީތާބް ބައްޗަނާއި ޑިޝާ ޕަޓާނީ ވެސް ހިމެނެ އެވެ.
”ޕްރޮޖެކްޓް ކޭ“ އަންނަ އަހަރުގެ ޖެނުއަރީ 1 އަށް ތާވަލުކުރި އިރު، އަންނަ އަހަރުގެ އެ މަހުގެ 25 ގައި ދީޕިކާގެ އޭރިއަލް އެކްޝަން ތުރިލާ ”ފައިޓާ“ ވެސް ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވެ އެވެ. އެ ފިލްމަކީ މިދިޔަ މަހުގެ 25 ގައި ރިލީޒްކުރި ދީޕިކާ އާއި ޝާހްރުކް ޚާންގެ ”ޕަތާން“ ގެ ޑައިރެކްޓަރު ސިދާތު އާނަންދު ހަދާ ފިލްމެކެވެ. ”ފައިޓާ“ ގެ ކާސްޓްގައި ރިތިކް ރޯޝަނާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.
”ޕްރޮޖެކްޓް ކޭ“ އަކީ ތެލެގޫ ޑައިރެކްޓަރު ނާގް އާޝްވިން 500 ކްރޯޑް ރުޕީސް (18.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެކެވެ.