ހޮނިހިރު, ޖޫން 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ގެރިއާހެދި: އިންޑިއާގައި މުސްލިމް ދެ ޒުވާނުން ދިރިތިއްބާ ރޯކޮށް އަންދާލައިފި

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ފެބްރުއަރީ 19, 2023
ދުނިޔެ
0
ގެރިއާހެދި: އިންޑިއާގައި މުސްލިމް ދެ ޒުވާނުން ދިރިތިއްބާ ރޯކޮށް އަންދާލައިފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓުގައި އުމުރުން 25 އަހަރާއި 35 އަހަރުގެ މުސްލިމް ދެ ޒުވާނުން ވަގަށް ނަގައި އެމީހުންގެ ކާރާ އެކު އެ މީހުން ދިރިތިއްބާ އަންދާލައިފި އެވެ. އެކަން ކުރީ ހައްދުފަހަނަޅާފައިވާ ހިންދޫންގެ ބައެކެވެ.

އިންޑިއާގެ މީޑިއާތަކުން ބުނި ގޮތުގައި ހަރިޔާނާ ސްޓޭޓުގައި އަންދާލައިފައިވާ ޖިޕެއްގެ ތެރެއިން ދެ ޒުވާނުންގެ ހަށިގަނޑު ފެނިފައިވެ އެވެ. އެއީ 25 އަހަރުގެ ނާސިރާއި 35 އަހަރުގެ ޖުނައިދުގެ ހަށިގަނޑެވެ.

މި ދެ ޒުވާނުންނަކީ ވެސް ރާޖަސްތާނަށް ނިސްބަތްވާ ދެ ޒުވާނުންނެވެ. އެ ދެ މީހުން ރަހީނުކޮށް އެމީހުންގެ ކާރުގައި ހަރިޔާނާއަށް ގެނެސް ވަރަށް ބޮޑަށް އަނިޔާކޮށްފައި ވެއެވެ. އޭގެ ފަހުން އެ ދެ ޒުވާނުން ދިރިތިއްބާ ވަނީ އަންދާލައިފަ އެވެ. އެ މީހުންގެ އަންދާލާފައިވާ ހަށިގަނޑަށް ބަލައިގެން އެއީ ކޮންބައެއްކަން އެނގޭ ވަރެއް ނުވިއެވެ. ނަމަވެސް އެމީހުން ދުއްވި ކާރުގެ ނަމްބަރު ޕްލޭޓަށް ބަލައިގެން  އެއީ ކޮންބައެއްކަން ފުލުހުން ވަނީ އޮޅުން ފިލުވާފައެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ހަރުކަށި ހިންދޫ ޖަމާއަތަކުން ޖުނައިދުގެ 5 މައްސަލައެއް ނޯޓުކޮށް އޭނާއަށް ފާރަލަމުން ގޮސްފައިވާކަމެވެ. މި ބިރުވެރި މަރުގެ ފަހަތުގައި ހައްދުފަހަނަޅާފައިވާ މީހުންގެ އެ ޖަމިއްޔާ އޮތުމަކީ އެކަށީގެންވާ ކަމެއްކަމަށް ބެލެވެއެވެ.

ޖުނައިދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެ ދެމީހުންގެ އެއްވެސް ޚަބަރެއް ނުވެގެން ފުލުހުންނަށް އެމީހުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ކުރި ކަމަށެވެ. އަދި  އެ މީހުން  ފުލުސް އޮފީހަށް ދިޔައީ ބަޖްރަންގް ދާލްގެ މަސައްކަތްތެރިން ދެ ޒުވާނަކު ރަހީނުކުރި ޚަބަރު ވެސް ލިބިފައިވާތީ އެކަން ވެސް ފުލުހުންނަށް އެންގުމަށެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އަންދާލާފައިވާ ދެ މީހުންގެ ހަށިގަނޑު ޕޯސްޓްމޯޓަމްކޮށް އެ ދެ ޒުވާނުން މަރާލި ހާދިސާގެ ތަހުގީގެއް ފުލުހުން ކުރަމުން އެބަގެންދެއެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމް ރިޕޯޓަށް ފަހު ޝައްކު ކުރެވޭ މީހުންނާ މެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށެވެ.

ނާސިރުއާއި ޖުނައިދު: މަރާލީ ރޯކޮށްލައިގެން

އިންޑިއާގައި މޯދީ ސަރުކާރުން ވަނީ ގިނަ ސްޓޭޓްތަކެއްގައި ގެރި ކަތިލުމާއި ގަނެ ވިއްކުމާއި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ގެރި ގެންދިއުން މަނާކޮށްފައެވެ. އެއީ އަދަބު ލިބޭ ކުށެކެވެ.

މަރުވި ދެމީހުންގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އެ ދެ މީހުން ރާޖަސްތާނުގެ ބާރަތުޕޫރު ޑިސްޓްރިކްޓުން ބުދަ ދުވަހު ވަގަށް ނަގާފައި ވަނީ ހަރުކަށި ހިންދޫ ޖަމާއަތެއް ކަމަށްވާ ބަޖްރަންގް ދާލް އަށް ނިސްބަތްވާ ބައެކެވެ.

ނާސިރާއި ޖުނައިދު އަކީ ރާޖަސްތާނުގެ ބާރަތުޕޫރު ޑިސްޓްރިކްޓްގެ ގަތުމިކާ އަވަށުގެ ދެ މީހުންނެވެ.

ބުރާސްފަތި ދުވަހު އެ ދެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ހަރިޔާނާގެ ބިވާނީގެ ލޮހާރޫގައި އަނދާފައިވާ ބޮލެރޯ މަރުކާގެ ކާރެއްގެ ތެރެއިންނެވެ.

ޖުނައިދު އުޅެނީ މީހާކާ އިނދެގެންނެވެ. އޭނާއަށް އަންހެންދަރިއަކު ވެސް ލިބިފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި މަރާލެވުނު ދެ މީހުންގެ ތެރެއިން އެކަކު ކަމަށްވާ ޖުނައިދު ގެރީގެ ވިޔަފާރި ކުރާކަމުގެ އެތައް ޝަކުވާއެއް ފުލުހުންނަށް ހުށަހެޅިފައި ވެއެވެ.

ބާރަތުޕޫރުގެ އިންސްޕެކްޓާ ޖެނެރަލް ގައުރަވް ސްރިވަސްތާވާ ވިދާޅުވީ ކާރެއްގެ ތެރެއިން ތެރެއިން ސިފަ ނޭނގޭ ދެ މީހެއްގެ އަނދާފައިވާ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ”އަޅުގަނޑުމެންގެ ޓީމުން އާއިލާތަކާއެކު އެތަނަށް ދިޔައީ އެ ދެމީހުންނަކީ ރަހީނުކުރި ދެމީހުންތޯ ބެލުމަށް.“ އޭނާ ވިދާޅުވިއެވެ. ”އެއީ ކޮންބައެއްކަން ކަށަވަރު ކުރެވޭނީ ޕޯސްޓްމޯޓަމް އާއި ޑީއެންއޭ ރިޕޯޓަށްފަހު.“

އޭނާ ވިދާޅުވިގޮތުގައި އެ ދެމީހުން ދިރިތިއްބާ އަންދަލީކަން ނުވަތަ މަރާލުމަށްފަހު އަންދާލީކަން ވެސް ޔަގީން ވާނީ ތަހުގީގަށްފަހުގަ އެވެ. އަދި އެމީހުން މަރާލީ ގެރީގެ ހިމާޔަތުގައި އުޅޭ ބަޔަކުކަން ވެސް ޔަގީން ކުރެވޭނީ ތަހުގީގަށްފަހުގައެވެ.

އިންޑިއާގެ މީޑިއާތަކާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން ހިންދޫ ހަރުކަށި ފިކުރުގެ މީހުން ވަނީ ގެރިއާ ގުޅުން ހުރި މިފަދަ ހާދިސާތަކުގައި މުސްލިމުންގެ އެތައް ބަޔަކު މަރާލާފައެވެ. ނަމަވެސް ދެކުނު އިންޑިއާގައި އަދި ހާއްސަކޮށް ކެރެލާ ސްޓޭޓުގައި އާއްމުކޮށް ގެރިމަސް ކެއުމަށް ބޭނުންކުރެއެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިސްވެ ހުންނަވާ ހިންދޫ ގައުމިއްޔަތު ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީން އިންޑިއާގެ ވެރިކަން ކުރަން ފެށިފަހުން ގެރީގެ އެކިއެކި މައްސަލަތަކާ ގުޅިގެން ހިންދޫން ވަނީ މުސްލިމުންގެ އެތައް ބަޔަކު މަރާލާފައެވެ.

ގެރި ހިމާޔަތް ކުރުމުގެ ނަމުގައި  އިންސާނުން މެރުން މޯދީ ކުށްވެރި ކުރެއްވި ނަމަވެސް، ގެރީގެ އެކިއެކި މައްސަލަތަކާ ގުޅިގެން ހައްދުފަހަނަޅާފައިވާ ހިންދޫންގެ ރުޅިވެރިކަމާއި ނަފުރަތު މުސްލިމުންނަށް ވަނީ އަމާޒުވެފަ އެވެ.

ގެރި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ގެންދިއުމާއި ކަތިލުމަކީ ހައްދު ފަހަނަޅާފައިވާ ހިންދޫން އަމިއްލައަށް ހަދައިގެން އުޅޭ ”އަމިއްލަ ގާނޫނު“ގައި ހަރާން ކަމެކެވެ. އެކަން ކުރާ ކަމަށް ޝައްކު ކުރެވޭ މީހުންނަށް ވެސް އަދަބު ދެނީ ނާސިރާއި ޖުނައިދު އަންދާލިހެން ގާނޫނުން ބޭރުން އަނިޔާވެރި ގޮތްގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

އިސްރާޢީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަހަމުކޮށްލައިފި

އިސްރާޢީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަހަމުކޮށްލައިފި

ޖޫން 3, 2023
ގަލްފުގެ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން ޔޫއޭއީ ވަކިވެއްޖެ

ގަލްފުގެ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން ޔޫއޭއީ ވަކިވެއްޖެ

ޖޫން 2, 2023
އެމެރިކާއިން ހުށަހެޅި ދިފާއީ ވަޒީރުންގެ ބައްދަލުވުމަށް ޗައިނާ އިން ނޫނެކޭ ބުނެފި

އެމެރިކާއިން ހުށަހެޅި ދިފާއީ ވަޒީރުންގެ ބައްދަލުވުމަށް ޗައިނާ އިން ނޫނެކޭ ބުނެފި

ޖޫން 1, 2023
މޮސްކޯއަށް ދިން ޑްރޯން ހަމަލާއަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާއެއް- ރަޝިޔާ

މޮސްކޯއަށް ދިން ޑްރޯން ހަމަލާއަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާއެއް- ރަޝިޔާ

ޖޫން 1, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • އަހަރެން ބަރަހަނާކުރަން ޑައިރެކްޓަރަކު އުޅުން- ޕްރިޔަންކާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In