ހޮނިހިރު, ޖޫން 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އީރާނުން، އިސްރާއީލުގެ ތެޔޮ ޓެންކަރަކަށް ހަމަލާދީފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 19, 2023
ދުނިޔެ
0
އީރާނުން، އިސްރާއީލުގެ ތެޔޮ ޓެންކަރަކަށް ހަމަލާދީފި

އަރަބި ކަނޑުގައި ދަތުރުކުރަމުން ދިޔަ އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް އީރާނުގެ ޑްރޯން ހަމަލާތަކެއް އަމާޒުވެއްޖެއެވެ.

ގަލްފުގައި އޮންނަ އެމެރިކާގެ ކަނޑުގެ ބާރުތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގަލްފުގެ ހުރުމުޒު ކަނޑޮއޮޅިއާ އަދި އުމާންކަނޑުގެ ބޭރުން އަރަބި ކަނޑުގައި ދަތުރުކުރަމުންދިޔަ އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް އީރާނުގެ ޑްރޯންހަމަލާތަކެއް އިއްޔެވަނީ އަރާފައެވެ. ޑްރޯންހަމަލާތަކާއެކު އެޓޭންކަރުން ބޯ ދުންތަކެއްވަނީ އަރާފައެވެ. ލިބުނު ގެއްލުންތަކާއެކުވެސް އެޓޭންކަރު ދަތުރުކުރަމުންދާކަމަށާއި ނަމަވެސް އެހީތެރިކަމަށް އެދިފައިވާކަމަށް އެމެރިކާ ކަނޑުގެ ބާރުތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކާބެހޭގޮތުން އީރާނުވެސް އަދި އިސްރާއީލުންވެސް ރަސްމީ ސިފައެއްގައި ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ ނޫސްތަކުންވަނީ އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކެއް އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް އެރިކަން ކަށަވަރުކޮށްދީފައެވެ.

އީރާނުގެ ޑްރޯން ހަމަލާތައް އިސްރާއީލުގެ ތެޔޮ ޓޭންކަރަށް އެރިކަމުގެ ރިޕޯޓްތައް ލިބިފައިމިވަނީ އީރާނުގެ މެދުތެރޭގެ ސިޓީއެއްކަމަށްވާ އިސްފަހާންގައި ހުންނަ އަސްކަރީ މަރުކަޒަކަށް ޑްރޯން ބޭނުންކޮށްގެން މިދިޔަ ޖަނަވަރީމަހުގެ 29 28 ވަނަ ދުވަހު ދިން ހަމަލާއެއްގެ ފަހަތުގައިވަނީ އިސްރާއީލުކަމަށް އީރާނުން ތުހުމަތު ކޮށްފައިވަނިކޮށެވެ.

އީރާން ބުނެފައިވާގޮތުން އިސްފަހާންގައި ހުންނަ އަސްކަރީ މަރުކަޒަކަށް ހަމަލާދޭން ކުދި ސައިޒްގެ ތިން ޑްރޯން އުޅުނުކަމަށާއި އޭގެތެރެއިން އެއްޑްރޯންގެ ހަމަލާ އެމަރުކަޒުގެ ގުދަނަކަށް އެރުމުގެ ސަބަބުން އެތަނުގެ ފުރާޅަށް ގެއްލުންތައް ލިބުނެވެ. އެތިން ޑްރޯންވެސް ވައްޓާލިކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް އީރާނުން ދީފައެއް ނުވެއެވެ.

އީރާނުގެ ނޫސްތައް ބުނެފައިވާގޮތުން މި ކުދި ޑްރޯންތައް އީރާނަށް އެތެރެކުރީ އީރާނުގެ ކުރުދީ ނަސްލުގެ ބާޣީންގެ އެހީގައި އިރާގުގެ ކުރުދިސްތާނު ސަރަހައްދާއި އީރާން ގުޅޭ ސަރަހައްދީ ރޮނގުންނެވެ. ޑްރޯންތައް އެތެރެކުރީ އޭގެބައިތައް ވަކިކޮށްގެންނެވެ.

އިސްފަހާނުގެ ކާރުޚާނާއަށް ހަމަލާދިނީ ޑްރޯންގެ ބައިތައް އީރާނުގެ އެތެރޭގައި އީރާނުގެ އިދިކޮޅު ބައެއް މީހުންގެ އެހީގައި ރާވައިގެން އީރާނުގެ އެތެރެއިން އެޑްރޯންތައް އުދުއްސާލައިގެން ކަމަށް އީރާނުގެ މީޑީއާ އިން ބުނެފައިވެއެވެ.

އެމެރިކާގެ ނޫހެއްކަމަށްވާ ”ވޯލްސްޓްރީޓް ޖޯނަލް“ ބުނެފައިވާގޮތުންވެސް އިސްފަހާނުގެ ކާރުޚާނާއަށް ދިން ހަމަލާގެ ފަހަތުގައިވަނީ އިސްރާއީލެވެ. އަދި ނަން ހާމަކުރަން ނޭދޭ އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިއަކާ ހަވާލާދީ އިސްރާއީލުގެ އޮންލައިން ނޫހެއްކަމަށްވާ ”ވާލާ“ ބުނެފައިވާގޮތުންވެސް އިސްފަހާނުގެ ކާރުޚާނާއަށް ހަމަލާދިނީ އިސްރާއީލުންނެވެ. ނަމަވެސް އިސްރާއީލުގެ ސަރުކާރުން ރަސްމީ ސިފައެއްގައި އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

އިސްރާއީލުގެ މިފަދަ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުގެ އާގުބޯޓުތަކަށާއި ތެޔޮ ޓޭންކަރުތަކަށް އީރާނުގެ ޑްރޯން ހަމަލާތައް އަމާޒުވުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ. ނަމަވެސް މިފަދަ ހަމަލާތަކާބެހޭގޮތުން އީރާނުވެސް އަދި އިސްރާއީލުންވެސް ރަސްމީ ސިފައެއްގައި ވާހަކައެއް ނުދައްކައެވެ. އީރާނުގެ އެތަށް ޑްރޯނެއް އަރަބި ކަނޑާއި އޮމާން ކަނޑާ އަދި ހުރުމުޒް ކަނޑުއޮޅީގައި 24 ގަޑިއިރު އުދުހި ޕެޓްރޯލްކުރަމުން ގެންދެއެވެ.


ގުޅުންހުރި ލިޔުންތައް

އިސްރާޢީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަހަމުކޮށްލައިފި

އިސްރާޢީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަހަމުކޮށްލައިފި

ޖޫން 3, 2023
ގަލްފުގެ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން ޔޫއޭއީ ވަކިވެއްޖެ

ގަލްފުގެ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން ޔޫއޭއީ ވަކިވެއްޖެ

ޖޫން 2, 2023
އެމެރިކާއިން ހުށަހެޅި ދިފާއީ ވަޒީރުންގެ ބައްދަލުވުމަށް ޗައިނާ އިން ނޫނެކޭ ބުނެފި

އެމެރިކާއިން ހުށަހެޅި ދިފާއީ ވަޒީރުންގެ ބައްދަލުވުމަށް ޗައިނާ އިން ނޫނެކޭ ބުނެފި

ޖޫން 1, 2023
މޮސްކޯއަށް ދިން ޑްރޯން ހަމަލާއަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާއެއް- ރަޝިޔާ

މޮސްކޯއަށް ދިން ޑްރޯން ހަމަލާއަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާއެއް- ރަޝިޔާ

ޖޫން 1, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • އަހަރެން ބަރަހަނާކުރަން ޑައިރެކްޓަރަކު އުޅުން- ޕްރިޔަންކާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In