ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމާ ގުޅިގެން އެ ދެ ގައުމަށް އެހިވާން ރާއްޖޭގައި އިއްޔެ ”އެއް އުންމަތެކޭ މީ“ ގެ ނަމުގައި މިސްކިތްތަކުގައި ފަންޑް ފޮށި ބަހައްޓައިގެން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
އިއްޔެ ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ހުކުރު މިސްކިތްތަކުގަ އި ވެސްހުކުރު ގަޑިއާ ދިމާކޮށް ފަންޑް ފޮށި ބެހެއްޓި އެވެ.
މި ފަންޑް ރެއިޒިން ކެމްޕޭނަކީ އައިއޭސީ މޯލްޑިވްސް އާއި ރާއްޖޭގެ އެކި ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މީގެ ތެރެއިން ލިބުނު ބޮޑު އެހީއާ ގުޅިގެން އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ”އެއް އުންމަތެކޭ މީ“ ކެމްޕޭނަކީ މިހާތަނަށް ރާއްޖޭގައި ހިންގި ފަންޑް ރެއިޒިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބިގެން ކެމްޕޭން ކަމަށެވެ.