ހޯމަ, ޖޫން 5, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ބައިވެރިޔާގެ ފޯނުގެ ޕާސްވޯރޑް އިގޭތަ؟ ފޯނު ބެލިންތައް؟

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 18, 2023
ތަފާތް
0
ބައިވެރިޔާގެ ފޯނުގެ ޕާސްވޯރޑް އިގޭތަ؟ ފޯނު ބެލިންތައް؟

އަބަދުވެސް ލޯބިވެރިޔާ ނޫނީ ހަޔާތުގެ ބައިވެރިޔާގެ ފޯނުގައި ހުންނަ އެއްޗިހި ބަލަން ބޭނުން ވެދާނެއެވެ. ސަބަބަކީ މިޒަމާނަކީ ސޯޝަލް މީޑިއާ މެދުވެރިވެ މުޅިދުނިޔޭގެ ހުރިހާ ހިސާބަކާވެސް ގުޅާލެވޭތީ ބައިވެރިޔާގެ އަމަލު ހުންނަ ގޮތްބަލާލުން ބޭނުން ވުމެވެ. ބައިވެރިޔާ ވާހަކަ ދައްކާފައި ހުންނަ މީހުންނާއި ސިއްރު ގުޅުމެއް އެހެން މީހަކާ އޮވޭތޯ ބެލުމަކީވެސް ކިތަންމެ އިތުބާރު ކުރިނަމަވެސް ކޮންމެވެސް ވަރަކަށް ކޮށްލެވޭ ކަންކަމެވެ. އެހެން ނަމަވެސް ބައިވެރިޔާ އަށް އަންގާނުލާ އަދި ހުއްދަނުހޯދާ އޭނަގެ ފޯނު ބެލުމަކީ އެދެވިގެން ވާނެކަމެއްބާވައެވެ؟

އެންމެފުރަތަމަ ކަމަކަށްވެސް ބައިވެރިޔާގެ ހުއްދައަކާ ނުލައި އޭނަގެ ފޯނު ބެލުމަކީ ޕްރައިވެސީ ގެއްލޭނެކަމެކެވެ. އެހެންކަމުން ބައިވެރިޔާގެ ފޯނު ސިއްރުން ބަލާވާހަކަ ބުނެލުމުން އޭނަ އެކަމާމެދު އަމަލު ކުރާގޮތް ބަލާލާށެވެ. އަދި ފޯނުން ބަލަން ބޭނުން ވެފައި ހުންނަ ހުރުމުން އެނގޭއެއްޗަކީ ބައިވެރިޔާއާއި އޮތްގުޅުމަކީ އެހާ ރަނގަޅުގުޅުމެއްނޫންކަން ހާމަވާ އެއްސަބަބެވެ.

މައްސަލަތައް ދިރާސާކުރާފަރާތް ތަކުން ބުނާގޮތުގައި އާންމުކޮށް ބައިވެރިޔާގެ ފޯނުބަލަން ބޭނުންވާނީ އެގުޅުމަކީ އެހާ އިތުބާރު ކުރެވޭ ގުޅުމަކަށް ނުވުމެވެ. އަދި ދެމީހުންގެ ދެމެދުގައި ދައްކަން ބޭނުންވާ ވަހަކަތައް ނުދެއްކެވުމާއި އެކަކު އަނެކަކަށް ދޭންބެނުންވާ ވަގުތު ނުދެވުމުގެ އިތުރުން ވާހަކަތައް އެންމެ އެދެވޭގޮތަށް ހިއްސާނުކުރެވުމެވެ. މިހެން ކަންކަން ދިމާވުމުނެ އެކަކު އަނެކަކަށް ކުރާއިތުބާރު ކުޑަވެއެވެ. ނަތީޖާއަކަށް ވަނީ ސިއްރުން ނަމަވެސް ފޯނުބަލައި ބައިވެރިޔާގެ އަމަލުތައް ހުންނަ ގޮތްޔަގީން ކުރަން ބޭނުން ވުމެވެ.

މިހާރަކަށް އައިސް ވަރަށް ގިނަ ބައިވެރިން އެކަކު އަނެކަކާ ފޯނުގެ ޕާސްވޯޑް ހިއްސާކޮށް ބޭނުން އިރަކު ފޯނުބަލާލަން ހުއްދަދެއެވެ. މިހެން ވާނީ ދެމީހުންގެ ދެމެދުގައިވެސް ހަރުދަނާ ވިސްނުމެއް ހުރެގެންނެވެ. އެހެން ނަމަވެސް ދެމީހުންގެ ފޯނުގައިވެސް ޕްރައިވެސީ ހުރި ނަމަ މިގުޅުމަކީ މާ ހަރުދަނާ އިތުބާރުން ފުރިގެންވާ ގުޅުމެއް ކަމަށް އެކްސްޕާޓުން ބުނެއެވެ.

ބައިވެރިޔާގެ ފޯނު ބަލާލަން ބޭނުން ވާކޮންމެފަހަރަކު އެންމެ ރަނގަޅީ އަމިއްލަ ނަފްސާމި ސުވާލު ތައްކޮށްލުމެވެ. ކީއްވެގެން ތޯ ފޯނުބަލަން ބޭނުންވަނީ؟ ފޯނުބެލުމުން މިގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެތޯ؟ ފޯނުބަލައިގެން ތޯބައިވެރިޔާއަށް އިތުބާރު ކުރެވެން އޮތީ؟ އަދި ބައިވެރިޔާގެ ފޯނު ބަލާނީ ހުއްދަ ހޯދައިގެންތޯ ނުވަތަ ނޫންތޯ؟ މި ސުވާލުތައް އަމިއްލަ ނަފްސާ ކޮށްލުމުން ތިޔަ ގުޅުމަކީ ކިހައިވަރެއްގެ ގުޅުމެއްކަން އެނގިގެންދާނެއެވެ.

ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރާ މާހިރުން ބުނަނީ، ދެމީހެއްގެ ދެމެދުގައިވާ ގުޅުމެއް ހަރުދާނާ ކޮށް ކުރިއަށް ގެންދެވޭނީ، ދިރިއުޅުމުގައި ކުށްހީކުރެވޭ ކަންކަމާ ބައިވެރިޔާ އާ ސުވާލުކޮށް އެކަންތައް އޮޅުންފިލުވާ އިތުބާރު ކުރިނަމަވެސް އިނގެން ބޭނުންވާ ބައެއްކަހަލަ ކަންކަން ނޭނގުމުން ސީދާ ބައިވެރިޔާ ކައިރިން އަހާ އޮޅުންފިލުވުމެވެ. މިހެން ހެދުމުން ސިއްރުން ފޯނު ނުބެލިޔަސް ބައިވެރިޔާ އާ އޮތްގުޅުން އެންމެ ރަނގަޅު ގޮތުގައި ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޓޮމާޓޯ ޖޫސް ބޯ މީހުންގެ އިސްތަށިގަނޑާއި ގައިގެ ހަންގަނޑު ރީތިކޮށްދީ އޮށާޅަނެގުމުން ވެސް ދުުރުކޮށްދޭ

ޓޮމާޓޯ ޖޫސް ބޯ މީހުންގެ އިސްތަށިގަނޑާއި ގައިގެ ހަންގަނޑު ރީތިކޮށްދީ އޮށާޅަނެގުމުން ވެސް ދުުރުކޮށްދޭ

ޖޫން 4, 2023
ފައިތިލައަކީ މޫނަށްވުރެ ބޮޑަށް ތިބާގެ ޝަޚްސިއްޔަތު ހުރި މިންވަރު ދައްކުވައިދޭ ގުނަވަނެވެ!

ފައިތިލައަކީ މޫނަށްވުރެ ބޮޑަށް ތިބާގެ ޝަޚްސިއްޔަތު ހުރި މިންވަރު ދައްކުވައިދޭ ގުނަވަނެވެ!

ޖޫން 3, 2023
މި އޮތީ މަސްދަޅުގައި މަސްބަތް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެއް!

މި އޮތީ މަސްދަޅުގައި މަސްބަތް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެއް!

ޖޫން 2, 2023
ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

ޖޫން 2, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In