އަންގާރަ, ޖޫން 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އުންމީދުގެ ހުޅުކޮޅު ނިއްވައިލުމަށް ބަޔަކު ބަލަބަލައި ތިބިކަން ހަނދާންކުރަންޖެހޭ: ފައްޔާޟް

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 17, 2023
ޚަބަރު
0
އުންމީދުގެ ހުޅުކޮޅު ނިއްވައިލުމަށް ބަޔަކު ބަލަބަލައި ތިބިކަން ހަނދާންކުރަންޖެހޭ: ފައްޔާޟް

އެމްޑީޕީގެ އުންމީދުގެ ހުޅުކޮޅު ނިއްވައިލުމަށް ބަޔަކު ބަލަބަލައި ތިބިކަން ހަނދާންކުރަންޖެހޭ ކަމަށް ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް ޞާލިޙާ ހަވާލުކުރުމަށް ކާނިވަލުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ފައްޔާޟް ވިދާޅުވީ މީގެކުރިން ހުރިހާ ބާރެއް ހުރިހާ ޙައްޤެއް ހުރިހާ އިޚުތިޔާރެއް އޮންނަނީ އޭރު ހުންނަވާ ވެރިއެއްގެ އަތްޕުޅުގައި ކަމަށާއި, އެ ނޫން ގޮތެއް އޭރަކު ނެތް ކަމަށެވެ. އަދި އޭގެ ސަބަބުން އެތައް އަނިޔާއަކާއި ބޭއިންސާފެއް ތަހައްމަލު ކުރަން ޖެހުމުން އެ ގޮތް ބަދަލުކުރަން ދިވެހިން ބޭނުންވި ކަމަށާއި އެކަން ބަދަލުކުރަން ނުކުތް ބަޔަކީ އެމްޑީޕީ ކަމަށް ފައްޔާޟް ވިދާޅުވިއެވެ.

އަދި އޭރު ހާލަތު އޮތީ އެކެއް ދެ މީހަކަށް އެކަން ބަދަލުކުރެވޭ ހިސާބަކު ނޫން ކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.

”އެކަން ބަދަލުކުރުމަށްޓަކައި ނުކުމެ ބޯ ގިނަ ކުރި ބަޔަކީ އަޅުގަނޑުމެން. މި ފަޚުރުވެރި ޕާޓީން.“

ނަމަވެސް އޭރު އެކަމަށް ނުކުތް މީހުންނަށް ބޮޑެތި އަނިޔާތައް ތަހައްމަލު ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން އައީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންދަން ކަމަށާއި ރައްޔިތުން ބޭނުންވީ ބިރުވެރިކަމެއް ނެތިިިި މިނިވަންކަމާ އެއްކޮށް ދިރިއުޅުން ބިނާކުރަން ކަމަށާއި ތާހިރު ފުދުންތެރި ދިރިއުޅުމެއް ބިނާކުރަން ކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.

ފައްޔާޟް ވިދާޅުވީ އެ ކަންކަން ޙަޤީޤަތަކަށް ހަދަން 2008 ގައި އުންމީދުތަކެއް ލިބިގެންދިޔަ ނަމަވެސް އެ އުންމީދުތައް ބީވެގެންދިޔައީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި ވަކި ހިއްޕާލައިފައި އޮތް އަނިޔާވެރިކަން އެ އުންމީދުތަކުގެ މައްޗަށް ގަދަވެގެން ދިއުމުން ކަމަށެވެ.

”މިއަދުގެ ވެސް ޙަޤީޤަތަކީ އެ އަނިޔާވެރިކަން މި އުންމީދުގެ ހުޅުކޮޅު ނިއްވައިލުމަށް ފުރުސަތުތަކަށް ބަލަބަަލައި އޮތްކަން. މި ޙަޤީޤަތް އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަން އެބަޖެހޭ. އެކަން ދެނެހެރު އަޅުގަނޑުމެން ތިބެންޖެހޭ.“

ނަމަވެސް ހިތާމައަކީ ”އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ވެސް އެ ހާލަތު ހަނދާން ނެތި ތިބިކަން“ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑު ކުރިން ދެންނެވި އެމްޑީޕީގެ އެ އުނދަގޫ މަރުހަލާ މިހާރު ނިމިއްޖެ. އޭރު އެކަމަށް ނުކުތް ޢުމުރު މިއަދު ތިބީ ދޮށީ ޢުމުރުގަ. އޭރު ތިބި ނޫކަށި ޒުވާނުން މިއަދު މި ތިބީ ހަރު ޢުމުރަށް ފެށިފަ. އަލުން އަނބުރާ އެ ދުވަސް އިއާދަވުމަށް އެ މީހުން ބޭނުމެއް ނުވޭ.“

”އަޅުގަނޑުގެ އިލްތިމާސަކީ ބުރަ މަސައްކަތްތަކަކުން އެތައް ބައެއްގެ ލޭ އޮހޮރުވައިގެން މި ހޯދިފައިވާ މިނިވަންކަމާއި އިންސާފު އަޅުގަނޑުމެން އަތުން ބީވެގެން ދިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔައިގެން އެކުއެކީގައި ގޮސް އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލަށް ދިއުމަށްޓަކައި އަތް ގުޅައިލުމަށް.“

އެކަން ކުރެވޭނީ އެމްޑީޕީއަށް ވެރިކަމުގައި ދެމި ތިބެވިގެން މިދާ ގޮތަށް ގޮސް ރައީސް ޞާލިޙާއެކީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން ކަމަށާއި އެކަން ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.

Tags: އިކޮނިމިކް މިނިސްޓަރ ފައްޔާޞް އިސްމާއިލްއެމްޑީޕީ

ގުޅުންހުރި ލިޔުންތައް

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ޖޫން 6, 2023
ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ޖޫން 6, 2023
ދިވެހި ރައްޔިތުންނަށް ހިލޭ ގޯތިނުދިނުމަށާއި، ގޯތި ވިއްކަން މެންބަރު އަސްލަމް ގޮވާލައްވައިފި

މަޖިލީހުގެ ރައީސްކަން ހުށަހަޅައިފިނަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރާނަން: އަސްލަމް

ޖޫން 6, 2023
މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

ޖޫން 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In