ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ވެސް ދެން ރަނގަޅުވާނީ ލިބިވަޑައިގަތް ފުރުސަތުގައި ޖަލުގައި އިންނަވައިގެން ޤުރުއާން ކިޔަވައި ވިދާޅުވެ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހޮވޭތޯ ދުޢާ ކުރެއްވުން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމުގައެވެ.
”ކޮންމެ ގޮތެއްވިޔަސް ދެން ޔާމީން ނާންނާނެ. އައިސްގެން ވެސް ނުވާނެ. ޔާމީން ވަޑައިގަނެގެން ނުވާނެ ރާއްޖޭގެ ވެރިކަމަކަށް.“
އެކަން ޔާމީންގެ ޓީމުން ވެސް ގަބޫލުކުރަން އެބަޖެހޭ ކަމަށާއި އެއީ ޙުކުމެއްގައި ހުންނެވީމާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
”އަޅުގަނޑުގެ ނަސޭހަތަކީ ޔާމީން ވެސް ބަސް އަހައިގެން މި ލިބުނު ފުރުސަތުގަ ހަމަ ޖަލުގަ އިންނަވައިގެން ޤުރުއާން ކިޔަވައިގެން ﷲ އަށް ދުޢާ ކުރައްވައިގެން ދެން ހަމަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހޮވޭތޯ ދުޢާ ކުރައްވާށޭ. އޭރުންނޭ އަވަހަށް މިނިވަންވާނީ.“
ޖާބިރުވިދާޅުވީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ރައްޔިތުންނާ މަޝްވަރާކުރައްވާފައި ޔާމީނަށް އަފްޢާމު ދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދަންނަވާނެ ކަމަށެވެ. އެއީ ޔާމީނަށް ދައުލަތުގެ އެއްވެސް ވަޒީފާއަކަށް ކުރިމަތިނުލެއްވޭ ގޮތަށް އަދި އެއްވެސް ސިޔާސީ ހަރަކާތެއްގައި ނޫޅެވޭ ގޮތަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރަށް ދޭންއޮތް ނަސޭޙަތކީ މަސްތުން ސަލާމަތްވެގެން ތައުބާވެ ތިވަބާއާއި ދުރުވުމަށްޓަކައި ކުރިންވެސް ވިއްކި ލޮލީ ވިއްކަން ފަށާށޭ.
ޔާމީނަކީ ޒާބިރުކަހަލަބުރާންޗެނޫން އެކަންއިގޭތަޖަބިރަށް
ޖާބިރުގެނަސޭހަތް އަޑުއަހާ ރަގަޅުނަސޭހަތެއްއެދިނީ ޖާބިރުކަހަލަ ބުއްދިވެރިއެއްނެތް މިގައުމަކު ސާބަސް ޖަބޭ
ޖާބިރު ހަމައިންނެއްޓުމަށް ހިއްޕަވާތަކެތި ބޭނުންކުރުންކުރުން ހުއްޓަވާލައްވާފައި ސަލިކުގޮވައިގެންކޯޓަށްގޮސް ސާލިހަށްދިން ފައިސާކޮޅު ހޯދާފައި ދާއިރާގެ ރައްޔަތުންގެ ރިދައިނާޔަށްދެޢވާ
އަހަރެންގެނަސޭހަތަކީ މިހާރުތިހިއްޕަވާވަރައްވުރެކުޑައެތިފޮދެޢްމަދުކޮއްލެވިއްޔާ2023 ވަނައަހަރުކާމިޔާބުވެދާނޭ ކޮންމެވެސްއެއްކަމެއް