ހޯމަ, ޖޫން 5, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އަމާޒަކީ އަތޮޅު ޗެމްޕިއަންކަން، އެކަމަށް ޝައްކުނުކުރައްވާ! ފޯކައިދޫ ކޯޗް ހުސައިން ސައިފް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 17, 2023
ކުޅިވަރު
0
އަމާޒަކީ އަތޮޅު ޗެމްޕިއަންކަން، އެކަމަށް ޝައްކުނުކުރައްވާ! ފޯކައިދޫ ކޯޗް ހުސައިން ސައިފް

މުޅިރާއްޖެއަށް ހުޅުވާލެވިގެން ގޯލްޑަން ފުޓްޝެލް އެސޯޝިއޭޝަނުން ހުޅުމާލޭގައި މިހާރުކުރިއަށް ގެންދާ ގޯލްޑަން ފުޓްޝެލް ފުޓްބޯޅަ މުބާރާތުގައި ފޯކައިދޫ ޓީމުގެ އަމާޒަކީ އަތޮޅު ޗެމްޕިއަންކަން ފަހަނައަޅާ ދިޔުންކަމަށް ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ ޒުވާން ކޯޗް ހުސައިން ސައިފު ވިދާޅުވެއްޖެއެވެ.

ރޭ ށ.ޅައިމަގާއިއެކު ކުޅުނު މެޗަށްފަހު ދިޑެއީލީއާއި ވާހަކަ ދައްކަމުން ހުސައިން ސައިފު ވިދާޅުވީ، ފޯކައިދޫއަކީ އަތޮޅު ޗެމްޕިއަންގެ ގޮތުގައި އަބަދުވެސް އޮންނަ ރަށެއްކަމަށާއި، އެލަގަސީ ހިފަހައްޓަން ބޭނުންވާކަމަށެވެ.

“ އަޅުގަނޑުމެންނަށް އިރާދަކުރެއްވިޔާ އަތޮޅު ޗެމްޕިއަންކަން ހޯދުމަކަށް ހުރަހެއް ނެތް،“ ފުރަތަމަ މެޗުގައި ފީވަށް ބަލިކުރި ޓީމުގެ ކޯޗު ހާމަކުރިއެވެ.

މިހާރު ފޯކައިދޫޓީމު ވަނީ ގްރޫއްޕު ސްޓޭޖް ފަހަނަ އަޅާ ސެމީފައިނަލަށް ދަތުރުކޮށްފައިކަން
ހާމަކުރަމުން ސައިފު ވިދާޅުވީ، މިކަމުގައި ރަށުގެ ހުރިހާ ރަށްޔިތުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުންވާކަމަށެވެ.

ހުސައިން ސައިފުއަކީ، 1996 ގައި ފޯކައިދޫ ސްކޫލުގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތްތަކާއި ހަމައިން ފުޓްބޯޅައިގެ ތެރެއަށް ވަދެފައިވާ ޒުވާނެކެވެ. ވަރަށް އުމުރުން ޅައިއިރު ހައުސްކެޕްޓަންކަން ކުރުމަށްފަހު، އުމުރުން އެންމެ 15 އަހަރުގައި ފޯކައިދޫ ފުޓްބޯޅަ ފުލްޓީމުގެ ފުރަތަމަ 11 އިންވެސް ޖާގަ ހޯދާފައިވެއެވެ. އަދި އަތޮޅާއި، ޒޯން ފުޓްބޯޅަ މުބާރާތްތަކުގައި ށ.އަތޮޅާއި ނޫން އަތޮޅާއި ހދ.ގައިވެސް ކުޅެ ތަޖުރިބާ ހޯދާފައިވެއެވެ. މީގެ އިތުރުން ފޯކައިދޫ ފުރަތަމަ 11 އިން ޖާގަ ހޯދުމަށްފަހު ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ގިނަ ކާމިޔާބީތައް ހޯދާފައިވެއެވެ.

ކާމިޔާބީއަކަށްފަހު، ކާމިޔާބީއެއް ފުޓްބޯޅައިގައި ހާޞިލުކުރަމުން ޅައުމުރުގަައި ކުރިއަށް ދަނިކޮށް ފަައިގެ ކަކުލު ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފުޓްބޯޅަ ކުޅުމާއި ދުރަށް ދާން މަޖުބޫރިވިއެވެ. އެހެންނަމަވެސް ސައިފު ހިތުގައި ފުޓްބޯޅައަށާއި ފޯކައިދޫއަށް އޮތް ލޮތްބެއްްގެ ސަބަބުން ފުޓްބޯޅަައާއި ދުރަށް ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން، 2016 ވަނަަ އަހަރު ރެފްރީކޯސް ފުރިހަމައަކޮށް ފުޓްބޯޅަ ދަޑަށް އެރިއެވެ. އަދި ތަފާތުއެކި ހިސާބުތަކުގައި ފުޓްސެލްއާއި ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތަކުގައި ރެފްރީކަންކޮށް އެރޮގުންވެސް ގިނަ ތަޖުރިބާތަކެއް ހޯދާފައިވެއެވެ. އަދި 2019 ވަނަ އަހަރު ފުޓްބޯޅަ ކޯޗިން ސީލެވެލް ފުރިހަމަކޮށް ޓީމުތައް ތަމްޞީލުކުރުމަށް ބޮޑެތި ޓީމުތަކާއި ހަވާލުވެ ދަޑުމަތީގައި ސައިފުއަށް ލިބިފައިވާ ތަޖުރިބާގެ ބޭނުން ހިފަން ފެށިއެވެ.

ނަތީޖާއެެއްގެ ގޮތުން ފޯކައިދޫ ފުޓްބޯޅަ ޓީމުގެ ހެޑްކޯޗެއްގެ ގޮތުގައި ގިނަ މުބާރާތްތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތުލިބި ގިނަ ކާމިޔާބީތަކެއް ފޯކަައިދޫއަށް ހޯދަދިނެއެވެ. ފޯކައިދޫޓީމުގެ މުހިންމު ކުޅުންތެރިއެއްކަމަށްވާ އަބް ﷲ މާލިކު ހާމަކުރިގޮތުގައި ސައިފުއަކީ އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ ފުޓްބޯޅަައިގެ ކޮންމެ ކަމަކަށްވެސް ފިޓް ކޯޗެކެވެ.

މިހާރު ފޯކަައިދޫ ޓީމުގެ އަމާޒަކީ އަތޮޅު ޗެމްޕިއަންކަން ހޯދުމަށްފަހު، އަތޮޅުން ބޭރު ޓީމުތަކާއި ކުރިމަތިލުމެވެ. މިއީ ޒުވާން ކޯޗު ހުސައިން ސައިފުއަށް ގިނަ ތަޖުރިބާތަކެއް ކުރަންޖެހޭނެ އަދި ފަސޭހަ ކުރިމަތިލުންތަކަކަށް ނުވާނެކަން ޔަޤީނެއެވެ. އެހެންނަމަވެސް ސައިފުގެ ތަޖުރިބާ ބޭނުންކޮށް ކާމިޔާބީއާއި ހަމައަށް ވާޞިލުވުމަކީ އެންމެންގެ އެދުމެކެވެ.

ގުޅުންހުރި ލިޔުންތައް

އެފްއޭ ކަޕް ސިޓީ ކާމިޔާބުކޮށް ”ޓްރެބަލް“ 3 ތަށި ހޯދަން ކުރާ އުންމީދު ދަމަހައްޓައިފި

އެފްއޭ ކަޕް ސިޓީ ކާމިޔާބުކޮށް ”ޓްރެބަލް“ 3 ތަށި ހޯދަން ކުރާ އުންމީދު ދަމަހައްޓައިފި

ޖޫން 4, 2023
ކޯޗުކަމުން ޕިރްލޯ ވަކިކޮށްފި

ކޯޗުކަމުން ޕިރްލޯ ވަކިކޮށްފި

މެއި 28, 2023
އާސެނަލް ބަލިވެ ލީގު ޗެމްޕިއަންކަން ސިޓީ އަށް

އާސެނަލް ބަލިވެ ލީގު ޗެމްޕިއަންކަން ސިޓީ އަށް

މެއި 21, 2023
ސާފް ޗެމްޕިއަންޝިޕް:ރާއްޖެ-ލެބަނަން އެއް ގުރޫޕަކަށް

ސާފް ޗެމްޕިއަންޝިޕް:ރާއްޖެ-ލެބަނަން އެއް ގުރޫޕަކަށް

މެއި 18, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In