ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ތަފާތު ކުޅިވަރުތައް ބާއްވަން ނިންމައި، ކުޅިވަރުތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ދުވާފަރު ކައުންސިލްގެ އިދާރާއިން ބުނީ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެ ރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބާއްވާ ކުޅިވަރުތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވައިލާ ކަމަށެވެ.
”ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދުވާފަރު ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމް ނެންގެވުމަށް ދަންނަވަމެވެ. ފޯމް ހުށަހެޅުމުގެ ފަހު ތާރީޚަކީ 2023 ފެބްރުއަރީ 28 ވަނަ ދުވަހުގެ 13:00 ކަމުގައި ދެންނެވީމެވެ.“ ދުވާފަރު ކައުންސިލްގެ އިދާރާއިން ބުންޏެވެ.
ބާއްވާ ކުޅިވަރުތައް:
ކުކުޅު ހިފުން
ކަސްޓަޑް ކާންދިނުން
ތިންފައި ރޭސް
ލުނބޯ ރޭސް
ފިންސު ރޭސް
މިއުޒިކް ޗެއަރ
ބަނަސް ގޭން
ވައި ދެމުން
ޓާސްކް ގޭމް
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއް ވެސް މާޗު 8 ގައެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރީ 1911 ގައެވެ.