މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ބަންދުކޮށްފައިވަނީ ށ.ފޭދުއަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުގެ ޢަމުރުގައިވާ ގޮތުން ފަޅު ގެއެއްގެ ތެރޭގައި އޭނާ ހުރި ދިމާ ބިންމަތިން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
އެނާގެ ކުޑަކަމުދާަތަކެތި އެމްފެޓަމައިން (އޭއެމްޕީ) އާއި އޯޕިއޭޓްސް (އޯޕީއައި) އަދި ބެންޒޯއަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ.
އޭނާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަަތަކުގެ ރެކޯޑް ގިނަ މީހެއް ކަމަށް ޢަމުރުގައި ބުނެފައިވެއެވެ.