ބުދަ, ޖޫން 7, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކުށްކޮށްގެން ހޯދާ މުއްސަނދިކަމަށް ޖާގަދީފަ އޮތުމަކީ އިހުމާލެއް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 17, 2023
ޚަބަރު
0
އޭސީސީގެ އާ އޮނިގަނޑާއެކު ދެ ޑިޕާޓުމަންޓެއް އުފައްދައިފި

އާ އޮނިގަނޑަށް އަމަލުކުރަން ފެށުން ފާހަގަކުރަން އޭސީސީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އޭސީސީ

ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭނެ މަގު އޮވެމެ އެކަމަށް އެންމެ އެކަށީގެންވާ ގޮތަކަށް ފާއިތުދިޔަ މާޒީގައި މަސައްކަތް ކޮށްފައި ނެތުމަކީ ބޮޑު އިހުމާލެއްކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ދިވެހިރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ދިރާސާ ނިންމައި، ރިޕޯޓު އާންމު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް ވިދާޅުވީ ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ކުށް ކޮށްގެން ހޯދާ މަންފާއާއި، ފައިސާ އޭގެ ހައްގު ވެރިންނަށް އަނބުރާ ރުޖޫޢަކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

އެމަސްޢޫލިއްޔަތު އަދާކުރުމުގެ ޒިންމާއާއި، މހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތުން އެނގިވަޑައިގެންނެވި އެންމެ ބޮޑު އެއްކަމަކީ ކޮރަޕްޝަންގެ ކުށްތައް ކުރުމަށް ބޭނުން ކުރާ މުދަލާއި، ފައިސާއާއި، ވަޞީލަތްތައްތަކާއި، ކޮރަޕްޝަންގެ ކުށްކޮށްގެން ލިބޭ ނަފަޔާއި މަންފާ އެތައް ގޮތަކަށް ބަދަލު ވަމުންގޮސް، ރާއްޖެއިން ބޭރަށް، ދޭދޭ ގައުމުތަކާއި ހަމައަށް އަދި މާ ދުރަށްވެސްގޮސް ނިމިފައިވާކަމަށެވެ.

ނުހައްގު މުއްސަދިކަން މިހާބޮޑަށް ފުޅާވެގެން ދިޔައީ މާޒީގައި މިކަމަށް ފާރަވެރިވެ، ޤާނޫނުން މިކަންމުގެ ޒިންމާ އުފުލަން ތިއްބެވި ބޭފުޅުންގެ ބޮޑު އިހުމާލެއް އޮވެގެން ކަމަށް ޝާމިލް ވިދާޅުވިއެވެ. ނަމަވެސް މިއަދު އޭސީސީއާއި، ކަމާއި ގުޅުންހުރި އެހެން އިދާރާތަކުގެވެސް އެންމެ ބޮޑު ޒިންމާއަކަށް ވެފައިވަނީ ނުހައްގު މުއްސަދިކަމުން ހޯދާ މަންފާއާއި، ނަފާ އޭގެ ހައްގު ވެރިންނަށް ހޯދައިދިނުންކަމަށް ޝާމިލް ވިދާޅުވިއެވެ.

”މީގެ ކުރިންވެސް ވަރަށް ގިނަ ކަންކަން ކުރެވެން ހުރެ، އެކަން ކޮންމެވެސް ސަބަބާއި ހުރެ ނުވެ ހިނގައްޖެ. އެކަމުގަ އަޅުގަނޑުމެންނަށް އެއްވެސް ވަގުތުކޮޅެއް ދޫކޮށްނުލާ މަސައްކަތް ކުރަންޖެހޭ ސަބަބެއް އެބައޮތް. ހަގީގަތުގައި މިފައިސާއާއި، ނަފާގެ ހައްގު ވެރިންގެ ކިބައިން މިކަން ނިގުޅައިގަނެވި އެހައްގު ނުވާ ފަރާތްތަކަށް މުއްސަދިކަން ލިބުމުގެ ފުރުސަތު ނިޒާމުގެ ތެރެއިން ފަހިވެފަ އޮވެ އެކަން ހުއްޓުވޭނެ މަގުތައް ހުރެ އެކަން ނުހުއްޓުވާ އެތައް ޒަމާނެއް ދިޔަ ދިއުމަކީ އަޅުގަނޑަށް ހީވަނީ އިހުމާލެއް ހެން.“ އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ނިޒާމެއް ގާއިމްކުރެވި، އެކަން ކުރުމުގައި އޭސީސީއާއިއެކު ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، މީރާއިންވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެމުންދާކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ. ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މިފަދަ ކޮންމެކަމަކީ އަބަދުވެސް ފާޑުކިޔުން އަމާޒުވާނެ މަސައްކަތެއްކަން ފާހަގަކުރައްވައި ޝާމިލް ވިދާޅުވީ ފާޑުކިޔުންތަކާއި، ނުރުހުން ތަކާއިއެކުވެސް ނަތީޖާއާއި ހަމައަށް ވާސިލުވުމަކީ ކޮމިޝަންގެ އެންމެ ބޮޑު އަމާޒުކަމަށެވެ.

އޭސީސީން އާންމު ކުރި، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ދިވެހިރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ދިރާސާގައި ވަނީ، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ހޯދުމަށް ދިވެހިރާއްޖޭގައި އެކަށައެޅިފައިވާ ނިޒާމުތަކާއި ޤާނޫނީ އޮނިގަނޑު އޮތް ގޮތާއި އެކަމުގައި ހުރި މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ލަސްވި ހުކުމުގެ ރިޕޯޓު ހަވާލުކޮށްފި

ރައީސް ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާ ކުރައްވާފައެއް ނުވޭ، ސަމާސާއެއް ކޮށްލެއްވީ: ޖަމީލް

ޖޫން 7, 2023
2500 މީހުން އެމްޑީޕީއާ ގުޅިއްޖެ

2500 މީހުން އެމްޑީޕީއާ ގުޅިއްޖެ

ޖޫން 7, 2023
އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފި

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފި

ޖޫން 7, 2023
މީހަކު ނިޔާވި އެކްސިޑެންޓް ހިނގި ގޮތް ފުލުހުން ކިޔައިދީފި

މިދުވަސްވަރު ބުރިޖާއި ލިންކް ރޯޑުގައި ދަތުރުކުރާއިރު ސަމާލުވާން އަންގައިފި

ޖޫން 7, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In