ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ފިކުރެއްގެ ނިމުން

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ފެބްރުއަރީ 14, 2023
ރިޕޯޓް
0
މިފަހަރު ކުރިމަތިމިލަނީ ދިވެހި އިސްލާމީ ވެރިކަމެއް ކުރުމުގެ ނިޔަތުގައި: ނަޝީދު

ތެވެރިންގެ ގުލާނު

ދިވެހިރާއްޖެ އަށް ސިޔާސީ އިސްލާހީ ބަދަލުތައް ގެނައުމުގެ ވާހަކަ ފުރަތަމަ އިވެންފެށީ 1980ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެންނެވެ. އެދުވަހުން ފެށިގެން އަބަދުވެސް، ގަލޮޅު ކެނެރީގޭ މުޙައްމަދު ނަޝީދުގެ ނަން އޮންނަނީ އެވާހަކަ ދައްކާ މީހުންގެ ހިތްތަކުން ޖާގަ ހޯދާފައެވެ.

އިސްލާހީ ހަރަކާތުގައި އަމަލީ ސިފަ ޖެހި 2005 ވަނަ އަހަރު އެމްޑީޕީ ރަޖިސްޓްރީ ވުމާއެކު އިސްލާހީ ހަރަކާތްތެރިން ހިނގަންފެށީ ނަޝީދާއެކުގައެވެ. އެކިގޮތްތަށް އެމްޑީޕީގެ ކޮންޓްރޯލް ފާއިތުވި 17 އަހަރު ނަންގަވައިގެން ހުންނަވައި ނަޝީދު ބޭނުންފުޅުވާހާ ގޮތަކަށް  އެންޑީޕީ އަނބުރަމުން ގެންދިޔައެވެ. ނަމަވެސް ދާދި މިދާކައްދުވަހު ނިމިދިޔަ އެމް ޑީ ޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާ ކުރިމަތި ކުރުވި ލަދުވެތި ނަތީޖާއާ އެކު ނަޝީދުގެ ސިޔާސީ ކުރިމަގާ މެދު މިވަނީ ސުވާލު އުފެދިފައެވެ. ސުވާލަކީ ނަޝީދާއެކު ފިކުރެއް ދިރުވައި އާލާ ކުރެވޭނެ ހަކަތައާއި އަދި ކުރިން އޭނާ ހޯއްދަވަމުން އައި ސިޔާސީ ތާއީދު އަލުން އެމަނިކުފާނަށް ހޯއްދެވޭނެ ބާވައެވެ!

”ފިކުރު“ ދިރުވުވުމަށް އެމްޑީޕީން ވަރަށް ގިނަ ކަންކަން ނަޝީދަށް ޓަކައި ވަނީ ކޮށްފަ އެވެ. އެކަމަކު އެ ހުރިހާ ގުރުބާނީއެއް ވީ އެމްޑީޕީ ދެބައި ނުވެ، މެމްބަރުން އެކަތިގަނޑަކަށް ވެގެންނެވެ.

އެމްޑީޕީގެ ވެރިކަން 7 ފެބްރުއަރީ 2012ގައި ވެއްޓުނީ ނަޝީދު އިސްތިއުފާ ދެއްވުމާ އެކު އެވެ. ނަމަވެސް އޭގެ އަނެއް ދުވަހު އެމްޑީޕީގެ މެމްބަރުން އެމަނިކުފާނުގެ ފަހަތްޕުޅުގައި ނުކުމެ، މާލޭގެ ބޮޑެތި މަގުތައް ފުރާލަދިނެވެ. އެތައް ދުވަހެއް ވާނދެން ހެންވޭރު ޕާކާއި އުސް ފަސްގަނޑުގައި ތިއްބެވެ. މާލޭގެ މަގުތަކުގައި ބޮޑެތި މުޒާހަރާތައް ބޭއްވިއެވެ.

ބަޣާވާތެއްގެ ގޮތުގައި އެމްޑީޕީން ސިފަކުރަމުން އަންނަ 7 ފެބްރުއަރީގެ އިސްތިއުފާއަށް ފަހު، 2013ގެ ރިޔާސީ އިންތިހާބަށް ނަޝީދަށް ޓިކެޓް ލިބިވަޑައިގަތީ ގިނިކަންޏާ ވާދަކުރެއްވި ޕްރައިމަރީއަކުންނެވެ. އެމްޑީޕީގެ މެމްބަރުން އެ ނިންމުން ނިންމީ ހިތުންރުހުމުންނެވެ. އެކަމާ އެ ޕާޓީގެ އިސް އެހެން ބޭފުޅަކު ޝަކުވާއެއް ނުކުރައްވައެވެ. މުޅި ޕާޓީ އޮތީ 7 ފެބްރުއަރީގެ ބަދަލުހިފައި، އަނެއްކާވެސް ރާއްޖޭގެ ރައީސްގެ މަގާމަށް ނަޝީދު ގެނެސް އެމްޑީޕީގެ ވެރިކަމެއް އަލުން ފެށުމުގެ އަޒުމުގަ އެވެ. އެހާމެ ވަރުގަދަ ކެމްޕޭން ރެލީތައް ވެސް ބޭއްވިއެވެ. ނަމަވެސް އެ އިންތިހާބުގައި ނަޝީދު ބަލިވެވަޑައިގަތީ އެވެ.

މިހިސާބުން ހާލަތު ބަދަލުވެ އެމްޑީޕީގެ އިސް ލީޑަރުގެ ސިޔާސީ ހަޔާތްޕުޅު އޮމާންކޮށް ގެންދިއުމުގެ ފުރުސަތު ގެއްލުނެވެ. އާދެ! 7 ފެބްރުއަރީ ގައި އިސްތިއުފާ ދެއްވި ހާލަތަށް އޭރުގެ ސިޔާސީ ހަލަބޮލިކަން ވެއްޓުނު މައިގަނޑު ސަބަބު ކަމަށްވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ސިފައިން ލައްވާ ރަހީނުކޮށް ހައްޔަރުކުރުމަކީ، ޓެރަރިޒަމްގެ އަމަލެއް ކަމަށް، 2015ގައި، ރައީސް ޔާމީންގެ ވެރިކަމުގައި، ސާބިތުކޮށް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އެވެ. 

ދެން ވެސް އެމްޑީޕީ އޮތީ ހަމަ ނަޝީދުގެ ފަހަތްޕުޅުގަ އެވެ. ޖަލުން ގެޔަށް ބަދަލުކުރަން  ސަރުކާރާ އެކު ޑީލް ހަދަން ޖެހުނަސް އެކަން ވެސް ކޮށްދިނެވެ. ޔާމީން ސަރުކާރުގެ ހިޔާނާތާއި އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީން އަޑުއުފުލި ނަމަވެސް ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ މެމްބަރުންނާ އެއްކޮށް ބޮޑެތި ކަންކަމުގައި އެމްޑީޕީގެ މެމްބަރުން ވޯޓު ވެސް ލި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ޔާމީން ސަރުކާރުން 2015ގައި ގާނޫނުއަސާސީއަށް ގެނައި ބޮޑު އިސްލާހާއި އޭރުގެ ނައިބު ރައީސް މުޙައްމަދު ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓު ދިނުން ފަދަ ބޮޑެތި ސިޔާސީ ނިންމުން ތަކުގައި ސަރުކާރާ އެއްކޮޅަށް މަޖްލިސްގައި ވޯޓުދިނެވެ. މިގޮތަށް ނެގުނު ވޯޓުތަކުގައި އެމްޑީޕީގެ މެމްބަރުން ”އާނއެކޭ“ ބުނީ އެމްއެމްޕީއާރުސީގެ ފައިސާގައި ވެސް ޖެހިގެންކަމުގެ ތުހުމަތު އެޅެ އެވެ. އެކަމަކު އެގޮތަށް ވޯޓު ދިނުމުގެ މައިގަނޑު ސަބަބަކީ، ނަޝީދު ޖަލުން ނެރެ ގޭގައި ބެހެއްޓުމެވެ. މި ކަންކަމަކީ އާންމުންނަށް ނޭނގުނަސް އެމްޑީޕީން ނަޝީދަށް ޓަކައި ވީ ގުރުބާނީ ތަކެވެ.

ދެން އައީ 2018ގެ ރިޔާސީ އިންތިހާބެވެ. އިންތިހާބަށް ކުރިމަތިނުލެއްވޭނެ ހުކުމެއް (ޔާމީންގެ މަގުސަދަކީ ވެސް ނަޝީދަށް ވާދަނުކުރެއްވޭނެ ގޮތް ހެދުމެވެ) އޮއްވާ ވެސް، އެމްޑީޕީގެ މެމްބަރުން އެކަތިގަނޑަކަށް ނުކުމެ، ނަޝީދުގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތަށް ޕާޓީގެ އެތެރޭގެ ވޯޓަކުން ނަޝީދަށް ރުހުން ދިނެވެ. އެ ވޯޓު ހުއްޓުވަން ސަރުކާރުން ފުލުހުން ފޮނުވައި، ބައެއް ވޯޓު ފޮށިތައް ހިފެހެއްޓުމުން ވެސް، އެކަން ކުރި އެވެ. އެމްޑީޕީގެ ކެންޑިޑޭޓަކަށް ނަޝީދު ހަދަން މެމްބަރުންގެ މެދުގައި ވޯޓު ނެގީ، އެމަނިކުފާނަކީ ޕާޓީން ހޮވި ކެންޑިޑޭޓްކަން ބައިނަލްއަގުވާމީ ދުނިޔެއަށް ދެއްކުމަށެވެ. އެގޮތުން ފަހު ވަގުތާ ޖެހެންދެން ވެސް އެމްޑީޕީ އޮތީ ނަޝީދުގެ ފަހަތްޕުޅުގަ އެވެ. ނަމަވެސް އެމަނިކުފާނުގެ ނަން އިލެކްޝަންސް ކޮމިޝަނުން ގަބޫލުނުކުރާނެކަން ޔަގީންވުމުން، ރިޔާސީ ޓިކެޓް ދޫކޮށްލެއްވި އެވެ. ޕާޓީގެ  ކޮންގްރެސްއެއް ބާއްވައި، ރިޔާސީ ކެންޑިޑޭޓަކަށް ނަޝީދުގެ މިތުރު، މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހެދީ އެހާ ހިސާބުންނެވެ. އެވެސް ނަޝީދުގެ ރުހުމާއެކު ކޮންގްރެސްގައި އޭނާގެ އޯޑިއޯ ޚިޠާބަކުންނެވެ.

ޕާޓީ ތެރޭގައި ދެބާރު

ޕާޓީ ތެރޭގައި ބާރުގަދަ ދެ ވެރިން އުފެދުނީ އޭގެ ފަހުންނެވެ. ނަޝީދު ބޭނުންފުޅުވާ ހުރިހާ ގޮތަކަށް ޕާޓީ އަނބުރާނުލެވޭ ވަރަށް ޕާޓީގެ އެތެރެއިން ބާރުތައް ބެހުނީ އެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވި ހުރިހާ ނުފޫޒަކާއި ފުރުސަތުތަކެއް ބޭނުންކުރައްވައިގެން، ރިޔާސީ ޕްރައިމަރީގައި ވެސް ނަޝީދު އެވަނީ ބަލިކުރައްވައިފަ އެވެ. އެކަމަކު އެ ބަލި އެމަނިކުފާނު ނެންގެވީ މުޅިން އެހެން ގޮތަކަށެވެ.

ސުވާލަކީ ނަޝީދަށް އެމްޑީޕީ މެންބަރުންގެ އަޣުލަބިއްޔަތު ތާއީދު ނުލިބުނީ ކީއްވެ ހެއްޔެވެ؟ ނަޝީދަށް ތާއިދު ބޮޑު ކަމަށް ބެލެވުނު އައްޑޫ ސިޓީ އާއި މާލެ އަށް ބަލާއިރު ވެސް ބޮޑު ތަފާތެއް އެމަނިކުފާނަކަށް ނުދެއްކުނެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ނިކުމެވަޑައިގެންނެވި އިރު، ނަޝީދުގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވީ މިހާރު މިއޮތް ސަރުކާރުގައި އެމްޑީޕީއަށް ހައްގު މިންވަރު ނުލިބުމެވެ. ދެން އެމްޑީޕީން ވެރިކަން ހޯދާނީ އެކަނި ކަމަށާއި، ބައިބައިކޮށް، ފޮތިފޮތިކޮށްގެން ކޯލިޝަންގެ ބައިވެރިންނަށް ސިޔާސީ މަގާމުތައް ނުބަހާނެ ކަމަށް ތަކުރާރުކޮށް ނަޝީދު ވައުދުވެވަޑައިގަތެވެ.

ރަނގަޅު ވާހަކަފުޅެކެވެ. އެއްވެސް އެއްޗެއް އެކަނި ބޭނުން ކުރެވެން އޮއްވާ އެހެން މީހަކަށް ބައި އަޅަން ގަބޫލު ވުން އެއީ އިންސާނީ ޠަބީޢަތެއް ނޫނެވެ. އިންސާނުންނަކީ އަމިއްލަ އެދުން ބޮޑު މަޚުލޫޤެކެވެ. ވެރިކަން ވިޔަސް އަދި އެހެން ކަމެއް ވިޔަސް އެކަން އޮތީ އެހެންނެވެ.

ކޯލިޝަން ނުހެދުމުން

ދިވެހި ރައްޔިތުންގެ އަމިއްލަ ތަޖުރިބާއަކީ ކޯލިޝަނެއްގެ ތެރެއިން ނޫން ގޮތަކަށް ވެރިކަމަށް އާދެވުމުގެ ފުރުސަތެއް އެއްވެސް ޕާޓީއަކަށް ނެތްކަމެވެ. 2008 ވަނަ އަހަރު ބާރުގަދަ ރައީސް މައުމޫންގެ ވެރިކަން މުލުން ލުހިގެން ވެއްޓުނީ އޭރު މާބޮޑު މަގުބޫލުކަމެއް ނެތް، އަދި އޭރުވެސް އެހެން ލީޑަރުންނާއި ސިޔާސީ ހިޔާލު ތަފާތު ރައީސް ނަޝީދުގެ އަތްމައްޗަށެވެ. އެއީ ނަޝީދުގެ މޮޅު ކަމަކުންނެއް ނޫނެވެ. ވެރިކަން ލިބެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ނަޝީދުގެ ފަހަތުގައި އޮތް ބޮޑު ކޯލިޝަނެވެ.

2013  ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނަޝީދަށް ނާކާމިޔާބުވި އެންމެ ބޮޑު ސަބަބަކީ ވެސް އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާނެ ސިޔާސީ ޕާޓީއެއް ނުލިބުމެވެ. ހައެއްކަ ހާސް ވޯޓް އިތުރު ކުރަން ނަޝީދަށް ރަނގަޅު ކޯލިޝަނެއް ހެދުނުނަމަ ދެވަނަ ދައުރަކު ވެރިކަން ކުރުމުގެ ފުރުސަތު ނަޝީދަށް ލިބިވަޑައިގަތީހެވެ.

2018 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ވެސް ވެއްޓެން މެދުވެރިވި އެއް ސަބަބަކަށް ޔަގީނުން ވެސް އިދިކޮޅުގައި އޮތް ކޯލިޝަންގެ ބިޔަކަމާއި ބޮޑުކަން ފުދެއެވެ. ޔާމީންގެ ފަހަތްޕުޅުގައި ކޯލިޝަނެއް އޮތްނަމަ އިތުރަށް ވިއްސަކަށް ހާސް ވޯޓު ހޯދުން އެއީ އުނދަގޫ ކަމަކަށް ނުވީހެވެ. އެފަހަރުގެ ރިޔާސީ އިންތިހާބުގައި ގިނަ ބަޔަކު ރައީސް ޞާލިޙަށް ވޯޓް ދިނީކީ އެމަނިކުފާނުގެ މޮޅުކަމަކުން، ކުޅަދާނަކަމަކުން، ގާބިލު ކަމަކުން ނޫނެވެ. ގިނަ ބަޔަކު ބެލީ ރައީސް ޞާކިޙޫގެ ފަހަތްޕުޅުގައި އޮތް ބޮޑު ކޯލިޝަނަށެވެ.

ޕްރައިމަރީ ގެއްލުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބު ވާން މެދުވެރިވި އެއްސަބަބަކަށް ޔަގީނުން ވެސް ކޯލިޝަނަކާއި ދެކޮޅަށް ނަޝީދު ދެއްކެވި ވާހަކަތައް ފުދެއެވެ. ކޯލިޝަނެއް ހެދުން އެއީ އެމްޑީޕީގެ ގިނަ މެންބަރުން ބޭނުންވާ ގޮތް ނޫން ނަމަވެސް ކޯލިޝަނަކާ ނުލައި ވަކިން ވެރިކަން ލިބޭނެ ގޮތެއް ނެތްކަން އެއީ ގިނަ މެންބަރުންނަށް ގަބޫލު ކުރެވިފައި އޮތް ކަމެކެވެ.

ނަޝީދަށް ކުރީގެ ރައީސް ޔާމީން އޯކޭ ވުން އެއީ ވެސް އެމްޑީޕީގެ އާއްމު މެންބަރުންނަށް ކަމުދިޔަ ކަމަކަށް ނުވިއެވެ. އެމްޑީޕީގެ އާއްމު މެންބަރުންގެ ކުރިމަތީގައި ޔާމީނަކީ އެންމެ ބޮޑު ސިޔާސީ ދުޝްމަނެވެ. އެހެންކަމުން ޔާމީނަށް ހެޔޮ ބަހެއް ވިދާޅުވުމުން ނަޝީދަށް އެމްޑީޕީގެ އެތެރެއިން އޮތް ތާއީދަށް އަސަރު ކުރާނެއެވެ. އަދި ކޮންމެވެސް ސިފައެއްގައި ޕީޕީއެމް މެންބަރުންގެ ނުސީދާ ތާއީދެއް ނަޝީދަށް ލިބި ނަޝީދުގެ ކެމްޕޭންގައި ޕީޕީއެމްގެ ބައެއް އާއްމު މެންބަރުން ބައިވެރިވި މަންޒަރު ފެނުން އެއީ ވެސް ނަޝީދަށް، އެމްޑީޕީ ބައެއް މެންބަރުންގެ ނުރުހުން އަމާޒުވި ސަބަބެކެވެ.

2012 ވަނަ އަހަރު ނަޝީދު ވެރިކަމުން އިސްތިއުފާ ދިނުން އެއީ ވެސް ނަޝީދަށް މިއިންތިހާބު ނާކާމިޔާބުވާން މެދުވެރިވި ސަބަބެކެވެ. ނަޝީދަށް ދެން ވެރިކަން ލިބުނަސް ދައުރު ހަމަނުވަނީސް އިސްތިއުފާ ދީފާނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ބުނެފައި ވެއެވެ.

2012 ފެބްރުއަރީ 07 ވަނަ ދުވަހު ފުލުހުން ނަޝީދުގެ ވެރިކަމާއި ދެކޮޅަށް ނިކުތުން އެއީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ދިވެހިންނަށް ފެނުނު ވެރިންނަށް ބަލާއިރު އެފަދަ އުނދަގޫ ހާލަތްތަކުގައި ނަޝީދު ފިޔަވައި އެހެން ބޭފުޅުން ވަނީ ވެރިކަން ވެއްޓުނަނުދީ ވެރިކަން ދިފާއު ކުރައްވާފައެވެ.

މިސާލަކަށް ބަލާނަމަ ރައީސް މައުމޫންގެ ވެރިކަމުގައި 2003 ސެޕްޓެމްބަރ 28 ވަނަ ދުވަހު ޖަލުގައި އީވާން ނަސީމް މަރާލުމާއި އަދި ޖެހިގެން އައި ދުވަހު ޖަލުގައި ބަޑި ޖަހައި ބަޔަކު މަރާލި ހާދިސާ އެވެ. 2004 ވަނަ އަހަރު އޮގަސްޓް 12، 13 ހާދިސާ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފިނިފެންމާ ލޯންޗް ގޮއްވާލުމާއި ދެން ހިނގައިގެން ދިޔަ ކަންކަމެވެ. 2018 ވަނަ އަހަރުގެ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ. މިފަދަ ހާލަތެއް ކުރިމަތިވުމުން ވެރިކަން ދިފާއު ކުރުމުގެ ގާބިލުކަން ނަޝީދުގެ ކިބައިގައި ނެތްކަން ރައްޔިތުންނަށް ވަނީ ސާފު ވެފައެވެ.

ސަރުކާރުން ރިޔާސީ ޕްރައިމަރީ އާއި ދިމާކޮށް ”ހިންގާލުމަކީ“ ވެސް ނަޝީދަށް ކުރިމަތިވި ގޮންޖެހުމެކެވެ. ވަރަށް އަވަސް އަވަހަށް އެތައް މަޝްރޫއެއް އިއުލާންކޮށް، އެތައް މަސައްކަތެއް ކުންފުނިތަކާއި ހަވާލުކޮށް އަދި އެތައް ބަޔަކަށް ވަޒީފާތައް ބަހާލުމަކީ ވެސް އިންތިހާބު ކާމިޔާބު ކުރުމަށް ނަޝީދު ކުރަމުން އައި މަސައްކަތައް އެޅުނު ހުރަސްތަކެވެ.

ހުލާސާ އަކީ އިންތިހާބުގެ ތެރޭގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއި، އަދި ފާއިތުވިތަނުގައި ކަން ހިނގާފައިވާ ގޮތާއި ނަޝީދުގެ ވާހަކަފުޅުތަކުން ދެން ކަންތައްތައް ހިނގާނެ ގޮތް ކަމަށް ތަސައްވުރު ކުރެވުނު ގޮތްތަކަކީ އެމްޑީޕީގެ މެންބަރުންނަށް ކަމުދާ ގޮތްތަކެއް ކަމަކަށް ނުވިއެވެ.

ދިވެހިރާއްޖެ އަށް ޑިމޮކްރަސީ ގެންނަން ނަޝީދު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެހަގީގަތް ބަދަލެއް ނުވާނެއެވެ. އަދި ބަހާއި އަމަލާއި ދިމާނުވުމުގައި ނަޝީދުގެ ފަރާތުން ކިތަންމެ ކަމެއް ފެނުނަސް، ޚުދުމުހުތާރު ގިނަ ސިފަތަކެއް ފެނުނު ނަމަވެސް ދިވެހިން މިއަދު މި ޑިމޮކްރަޓިކް މުޖުތަމައަށް ނޭވާލުމުގައި ނަޝީދުގެ ހިއްސާ ވެސް ހިމެނެއެވެ. އެއީ ނަޝީދާއެކު އަދި އިތުރު އެތައް ބައެއްގެ ގުރުބާނީ އާއި ހިއްސާ ވެސް ހިމެނޭ ފަދައިންނެވެ. ނަމަވެސް ދިވެހި އުދަރެހަށް އެރި އެ ޑިމޮކްރަޓިކް ތަރި މިއަދު އޮއްސެނީއެވެ. މިއަދު ދިވެހިރާއްޖެއަށް އިރު މިއޮއްސެނީ ނަޝީދުގެ ސިޔާސީ ހަޔާތުގައި ފުލުސްޓޮޕް ޖެހިގެންނެވެ. ފިކުރެއްގެ ނިމުން އުފަންވެގެންނެވެ.

ގުޅުންހުރި ލިޔުންތައް

ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

މާރޗް 13, 2023
އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

ފެބްރުއަރީ 28, 2023
ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް ރައީސް ދޫކޮށްލެއްވީ ބޮޑު ސުވާލެއް

ޝަހީދުންގެ ދުވަހުގެ އިރު އޮއްސިއްޖެ: ވަލިއްޔުލްޢަމްރުގެ ޝުޢޫރެއް، އިލްތިމާސެއް ނެތް

ފެބްރުއަރީ 21, 2023
ރައިސް ނަޝީދުގެ އިސްތިއުފާ، ބަޣާވާތަކަށް ވާނީ ކިހިނެއް؟

ރައިސް ނަޝީދުގެ އިސްތިއުފާ، ބަޣާވާތަކަށް ވާނީ ކިހިނެއް؟

ފެބްރުއަރީ 7, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In