ދަމަނަ ވެށިން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މިއަދުން ފެށިގެން ދަމަނަ ވެށީގައި ކުޑަކުދިންނަށް ކޮވިޑް ވެކްސިން ޖަހަން ފެށުމަށް ހަމަޖެހިފައިވާތީ، ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް މިއަދު ވަނީ ޢާންމުކޮށްފައެވެ.
ދަމަނަ ވެށިން ކުރި އިއުލާނުގައި ބުނީ، އީ.ޕީ.އައި އަދި އޮޕްޝަނަލް ވެކްސިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ކަމަށެވެ. އަދި ކުޑަކުދިންގެ ގްރޯތްމޮނީޓަރިން ޚިދުމަތާއި, ޢާއިލާ ރޭވުމާބެހޭ ޚިދުމަތްތަކާއި, ޢާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރު 14:30 އަށް ކަމަށެވެ.
މީގެއިތުރުން ޓްރެވަލް ވެކްސިންގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރު 12:30 އަށެވެ. އެން.ސީ.ޑީ ކްލިނިކް، ޓޮބޭކޯ ސިޒޭޝަން ކްލިނިކް އަދި އެޑޮލަސަންޓް ކްލިނިކްގެ ޚިދުމަތާއި، ކައުންސެލިންގެ ޚިދުމަތާއި، ސައިކޯސޯޝަލް ސަޕޯޓް ސަރވިސްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ. ބޮޑެތި މީހުން އަދި ކުޑަކުދިންގެ ކޮވިޑް ވެކްސިން ދިނުމުގެ ޚިދުމަތް ދޭނީ މެންދުރު 13:30 އިން މެންދުރު 15:00 އަށެވެ.