ހޮނިހިރު, މާރޗް 25, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހިކެން ބޭނުންތައް: ނިދުމުގެ ކުރިން މި ބުއިންތައް ބޯލާ

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 14, 2023
ތަފާތް
0
ހިކެން ބޭނުންތައް: ނިދުމުގެ ކުރިން މި ބުއިންތައް ބޯލާ

ހިކެން ބޭނުންކުރާ ތަފާތު ގޮތްތައް ހުރެއެވެ. ބައެއްފަހަރު ހިކެން ކަންތައް ކުރަންވާގޮތްތައް ގިނަކަމުން އަހަރެމެންނަށް ރަނގަޅީ އަދި ގޯހީ ކޮންގޮތެއްކަން ވެސް ނޭންގެއެވެ. ކޮންމެ ގޮތެއް ވިޔަސް ކޮންމެ މީހެއްގެ ވެސް ގޯލް އަކަށްވާނީ ހިކުމެވެ.

ހަށިގަނޑު ރީތިކޮށް އެއްވަރެއްގައި ބެހެއްޓުމެވެ. އެހެން ނަމަވެސް ބައެއްފަހަރު ކަންނެތްވެ ފަރުވާކުޑަކޮށްލައި ރޭގަނޑު ނިދާގަޑި ކައިރިކޮށް ހަބަނޑަށް ކާލައިގެން ގޮސް ނިދެނީއެވެ. މިއީ ހަގީގަތުގައި ވަރަށް ގޯސްކަމެކެވެ. ރޭނަގަނޑުގެ ކެއުން ކާންޖެހޭނީ ނިދުމުގެ 3 ގަނޑި އިރު ކުރިންނެވެ.

ޑައެޓްކުރާ މީހުންވެސް ނުކުރާމީހުންވެސް މެއެވެ. ކެއުމަށްފަހު ބައެއްފަހަރު ސްނެކް ނަގާމީހުންވެސްމަދެއް ނޫނެވެ. އެހެން ކަމުން ތިރީގައި މިވާ ޑްރިންކް ތައް ނިދުމުގެ ކުރިން ބޭނުން ކޮށްލުމުން ބަނޑުހައި ކަންފިލައި ހަށިގަނޑު ލުއިވެ ހިކެން މަގުފަހި ކޮށްދޭނެއެވެ.

1- ގްރީކް ޔޯގަޓް ޕްރޮޓިންޝޭކް

ގަވައިދުންކަސްރަތު ކުރާ މީހެއްނަމަ ޕްރޮޓިންޝޭކް ނިދުމުގެ ކުރިން ބޭނުން ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. ޕްރޮޓިންޝޭކުން ހަށިގަނޑުގައި ހުންނަ ކެލޮރީސް އަންދާލައި މަސްތައް ވަރުގަދަކޮށްދެއެވެ. އަދި ކިރުގައި ހުންނަ ޓްރައޮޓޮޕަން އަދި ކެލްޝިއަމްގެ ސަބަބުން ނިދުމަށް ފަސޭހަކޮށްދެއެވެ. މީގެ އިތުރުން ކިރުގައި ހިމެނޭ ޕްރޮޓިން އެއްކަމަށްވާ ކެސެއިން އިން ގައިގެ މަސްތައް ދިގުމުއްދަތަކަށް އުފެދުމަށް އެހީވެދެއެވެ.

އަންސްވީޓެންޑް އަލްމޮންޑް މިލްކް ނުވަތަ ސޮއީ މިލްކަށް ގްރީކް ޔޯގަޓް އެޅުމަށްފަހު މިލްކްޝޭކް ތައްޔަރު ކުރާށެވެ. ބޭނުން ނަމަ މާމުއި ސަމުސަލެއް އަޅާލެވިދާނެއެވެ.

2- ޗެމޮމައިލް ޓީ

ޗެމޮމައިލް އަކީ ނިދުމަށް ފަސޭހަކޮށްދޭ އެއްޗެއްގެ ގޮތަށް ދުނިޔޭގައި މަޝްހޫރު މަލެކެވެ. މިއީ ހާބަލް މެޑިސިންތަކަށް ވެސް ބޭނުން ކުރަމުން އަންނަ މަލެކެވެ. ޑެއިޒީ މަލުގެ އާއިލަ އަކަށް ނިސްބަތްވާ މިލުގެ ގިނަ ފައިދާތަކެއް ވެއެވެ. ބަނޑުގައި ގޭސް ހެދި ބޭރަށްހިނގުން، ބަރުދަން ލުއިކޮށް ދިނުން އަދި ލޭގައި ހަކުރު ހުންނަ މިންވަރު މިމަލުން ސައިތައްޔާރުކޮށްގެން ބުއިމުން ކުޑަކޮށްދެއެވެ.

ނިދުމުގެ ކުރިން މިމަލުން ސައިތައްޔާރުކޮސްގެން ހޫނުކޮށް ބޯށެވެ.

3- ސިނަމަން ޓީ

ފޮނިތޮށްޓަކީ އޭގައިވެސް ގިނަފައިދާ ތަކެއް އެކުލެވޭއެއްޗެކެވެ. ފޮނިތޮށި ހާއްސަވަނީ މެޓަބޮލިޒަމް ބޫސްޓްކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. މީގައި އެންޓި އޮކްސިޑެންޓް އަދި އެންޓިބައޮޓިކް ހިމެނޭތީ މިިއީ ބޭނުންކޮށްލަން ރަނަގަޅު ޑިޓޮކްސް ބުއިމެކެވެ.

ހަށިގަނޑުގައި ހުންނަ ވިހަ އަދި ސަރުބީ ވިރުވާ ލުމަށް، މާމުއި ކޮޅެއް އެޅުމަށްފަހު ފޮނިތޮށިން ސައި ތައްޔާރުކޮށްގެން ނިދުމުގެ ކުރިން ބޯށެވެ.

4- ފެނުގްރީކް ސީޑް ޑްރިންކް

ފެނުގްރީކް އަކީ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމަށް ދުވާލުގަޑީގައި ބޭނުން ކުރަން ވަރަށް ރަނގަޅު ބުއިމެކެވެ. އެހެން ނަމަވެސް ރޭގަނޑު ވެސް މިޑްރިންކް ބޭނުން ކުރެވިދާނެއެވެ. މި ޑްރިންކުން ހަށިގަނޑު ހޫނުކޮށް ސަރުބީތައް ވިރުވަން އެހީވެދޭނެއެވެ. މީގެ އިތުރަށް ހަޖަމްގެ މައްސަލަތައް ހުންނަ ނަމަ މިއޮށުން ސައިތައްޔާރުކޮށްގެން ބޭނުން ކުރެވިދާނެއެވެ.

ފެންގްރީކް އޮށް ހޫނު ފެނަށްއަޅާފައި ބެހެއްޓުމަށްފަހު އެ ފެން ބޭނުން ކުރާށެވެ.

5- ޓާމެރިކް މިލްކް

ރީނދޫ އަޅަިއިގެން ތައްޔާރު ކުރާ ކިރުތަށި ބުއިމުން ރޯގާ އާއި ކެއްސުން ރަނގަޅުވެއެވެ. މި ދެކަންތަކުގެ އިތުރަށް ރީނދޫ ކިރުން ހަޖަމްގެ ނިޒާމް ރަނގަޅުވެ ހަށިގަނޑު ހިކުމަށް އެހީވެދެއެވެ. މި ކަމުގެ ސިއްރަކީ ރީނދޫގައި ހިމެނޭ އެންޓި އޮކްސިޑެންޓް މާއްދާތަކުން ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ވިހަބޭރުކޮށްދިނުމެވެ. މީގެ އިތުރުން މީގައި ހިމެނޭ ޕްރޮޓިންއާއި ކެލްޝިއަމްގެ ސަބަބުން ނިދި ރަނގަޅުކޮށްދީ ހަށިގަނޑު ހިކުމަށް މަގުފަހިކޮށްދެއެވެ.

ހަށިގަނޑު ހިއްކަން ބޭނުންނަމަ ގަވައިދުން ކަސްރަތުކޮށް ފައިދާ ހުރި ކާނާ ބޭނުން ކުރާށެވެ. އަދި މީގެ އިތުރަށް ދިރިއުޅުމުގެ އާދަކާދަ ތައް ވަރަށް ރަނގަޅަށް ބެހެއްޓުމަކީ ރަނގަޅު ސިއްހަތެއްގައި މީހާ ދެމިހުރުމަށް އަދި ދާއިމީ ބަލިތަކުން މީހާ ދުރުކުރުމަށް ވަރަށް މުހިންމުކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ރެސިޕީ: ފެރާރޯ ޗީޒް ކޭކް

ރެސިޕީ: ފެރާރޯ ޗީޒް ކޭކް

މާރޗް 25, 2023
ހަށިގަނޑުން ޕްރޮޓީން މަދުވާނަމަ ބަރުދަން އިތުރުވޭ

ރޯދަ މަހު ބަރުދަން ލުއި ކުރަން ބޭނުންތަ؟

މާރޗް 25, 2023
ރިސަޕީ: ކުކުޅު ޕައި

ރިސަޕީ: ކުކުޅު ޕައި

މާރޗް 24, 2023
ރެސިޕީ: އޮރެންޖް މޮހީޓޯ

ރެސިޕީ: އޮރެންޖް މޮހީޓޯ

މާރޗް 23, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In