ޑްރަގް ވިޔަފާރިި ހުއްޓުވުމަަށް އެންމެ ބޮޑު އަދި ކާމިޔާބު މަސައްކަތް ކުރީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެެއެވެ.
ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ ގިނަ ޑްރަގް އަތުލައި ނައްތައިލީ ވެސް މި ސަރުކާރުން ކަމަށެވެ.
އަދި ޑްރަގް ބޭނުންކޮށްގެން މަގުމަތީގައި އުޅޭ ޒުވާނުން ކުރިން ފެންނަވަރާ ގާތަށް ނުފެންނަ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޑްރަގްގެ ވަބާ ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައި އެބައޮތް ކަމާއި އެކަން ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭކަން އެންމެން ވެސް ގަބޫލުކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެނަސް އިދިކޮޅު ފަރާތްތަކުން ކުރަނީ ކަމެއް އިސްލާހު ކުރުމުގެ ނިޔަތުގައި ކުރާ މަސައްކަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.