ހދ.ނޮޅިވަރަމްގައި ހަދަމުން އަންނަ ޓާފް ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކެއްގައި އަނެއްކާ ވެސް އަލިފާން ރޯކޮށްލައިފިއެވެ.
ޖެނުއަރީ 30 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ވެސް ވަނީ އެ ރަށުގެ ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކެއްގައި ރޯކޮށްލައިފައެވެ.
ނޮޅިވަރަމް ކައުންސިލުގެ ރައީސް ޔޫސުފް މޫސާ ބައެއް މީޑިއާތަކަށް ވިދާޅުވީ ޓާފްތަކުގައި އަލިފާން ރޯކޮށްލި ކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 15:45 ގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ބެލެވެނީ ގަސްދުގައި ބަޔަކު ރޯކޮށްލި ކަމަށެވެ.
ޔޫސުފް ވިދާޅުވި ގޮތުގައި 12 ވަރަކަށް ޓާފް ރޯލުގައި އަލިފާން ރޯވިއެވެ.
މީގެކުރިން ޓާފްތަކުގައި ރޯކޮށްލި މައްސަލައިގައި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ޖެނުއަރީ 31 ވަނަ ދުވަހު މަހްލޫފް ވިދާޅުވީ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތަކީ އެތައް ގޮންޖެހުންތަކަކާއެކު ދިގުދެމިގެންދިޔަ މަސައްކަތެއް ކަމަށާއި، ޓާފް އަޅަން ތިން ދުވަހަށް ވެފައިވަނިކޮށް ބަޔަކު ގަސްތުގައި ޓާފް ތަކުގައި ރޯކޮށްލީ ކަމަށެވެ. އަދި އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްޤީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިފަހަރު ކާޕެޓުތަކުގައި ތިޔަ ރޯކޮށްލީ، ނޮޅިވަރަމު ދަނޑުގައި ކާޕެޓު އަޅަން ފެށުމަށް 3 މިނެޓު 30 ސުކުންތަށް ވެފައިވަނިކޮށް