ބުދަ, މާރޗް 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޙަސަން ލަޠީފްގެ މައްސަލަ ބެލޭނީ ކޯޓަށް: ޕީޖީ ލީޑަރު

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 13, 2023
ޚަބަރު
0
ޙަސަން ލަޠީފްގެ މައްސަލަ ބެލޭނީ ކޯޓަށް: ޕީޖީ ލީޑަރު

ރާއްޖެއަށް ޑްރަގް ޓްރެފިކްކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް އަލަށް އެކުލަވައިލި ގަވާއިދު އިސްލާހުކުރަން ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހެޅުއްވި ކުއްލި މައްސަލައާ ދެކޮޅަށް އެމްޑީޕީން ވިޕެއް ނެރުނު ސަބަބު އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ސާފުކޮށްދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޙަސަން ލަޠީފް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މިދިޔަ ޖެނުއަރީމަހުގައި ގެޒެޓްކުރި، ”ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު“ ގައިވާ ”މަސްތުވާތަކެއްޗާބެހޭ ޤާނޫނު“ އާ ތަޢާރުޒުވާ ބައިތައް އުނިކުރުމަށް ގޮވައިލައްވައެވެ.

މި މައްސަލައަށް ބަހުސްކުރަން ފެންނަކަމަށް 24 މެންބަރަކު ވޯޓުދެއްވިއިރު ނުފެންނަ ކަމަށް 16 މެންބަރަކު ވޯޓު ދެއްވިއެވެ.

މައްސަލަ ބަލައިގަތުމުން ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ޙަސަން ލަޠީފް ވަނީ އެ މައްސަލައާ ދެކޮޅަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވިޕެއް ނެރުނުކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

”އަޅުގަނޑު ހުށަހެޅީތީ އަޅުގަނޑުގެ ފިކުރު ވަކި ގޮތަކަށް ހުރީތީ މި މައްސަލަ ބަލައިނުގަތުމަށް ޕާލަމެންޓްރީ ގުރޫޕުން ރެޑް ވިޕްލައިން ނެރުނު ބޭފުޅުންނަކީ ޙަޤީޤަތުގަ އެއްވެސްކަމެއްގަ ސަރުކާރަށް ފަސޭހަވާނެ ގޮތަކަށް އަދި މި ސަރުކާރުން ކުރާ ކަންކަމަށް ބާރު ލިބޭނެ ގޮތަށް ތާއީދު ލިބޭނެ ގޮތަށް އަމަލުކުރަން ބޭނުންވާ ބޭފުޅުންނެއް ނޫން.“

އަސްލަމްގެ ރައްދު:

ބަހުސްކުރައްވަން ލިބިވަޑައިގަތް ފުރުސަތުގައި ޕީޖީ ލީޑަރު އަދި އައްޑޫ ސިޓީ ހިތަދޫ ދާއިރާގެ މެންބަރު އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޕީޖީގެ ގަވާއިދެއް އޮންނަ ކަމަށާއި، ހަމަޖެހިފަވާ އުސޫލުތަކެއް އޮންނަ ކަމަށެވެ.

”ފާސްކޮށްފައިވާ ފާަސްކުރުންތަކެއް އޮވޭ. އަޅުގަނޑަކަށް އަޅުގަނޑު ބޭނުންވާ ގޮތަކަށް ހިތުހުރި ގޮތަކަށް ޕާލިމެންޓްރީ ގުރޫޕު ހިންގޭކަށް ނޯވޭ.“

އޭނާ ވިދާޅުވީ މިއަދު 10:30 ގައި ޕީޖީގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ޕީޖީގެ ބައެއް ބޭފުޅުން އެއްގޮތަކަށް ވެސް ބައްދަލުވުމަށް ވަޑައެއްނުގަންނަވާ ކަމަށާއި އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގެ މަޝްވަރާއެއް ގުރޫޕަކަށް ލިބިފައެއްނުވާ ކަމަށެވެ.

އަދި ހުށަހެޅިފައި މިވާ ކުއްލި މައްސަލައާ ގުޅޭގޮތުން ޕާލިމެންޓްރީ ގުރޫޕުން އަމަލުކޮށްފައިވަނީ އެ ގުރޫޕުގެ ރުުހުމާނުލައި ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

”އޭގެއިތުރަށް މި ދެންނެވި ކުއްލި މައްސަލައިގައި ދެ ތުހުމަތެއް އެބަވޭ. އެއްކަމަކީ ޑްރަގް ޓްރެފިކް ކުރަން ސަރުކާރުން ޖާގަދެނީ ކަމަށް ބަޔާންކޮށްފައި އޮތް އޮތުން. ދެވަނަ ކަމަކީ ޤާނޫނާ ޚިލާފަށް ގަވާއިދެއް ހަދާފައި އޮތްކަމާއި ބަޔާންކޮށްފައި އޮތް އޮތުން. ޤާނޫނާ ޚިލާފަށް ގަވާއިދެއް ހަދައިފިކަމުގަ ވަނީނަމަ އެއަށް ދެން ޗެލެންޖު ކުރެވެނީ ކޯޓުގަ. ރައްޔިތުންގެ މަޖިލީހަށް ޖާގަލިބިގެންވަނީ ޢާންމު ޤާނޫނުތަކާބެހޭ ގޮތުން ހިންގާ ގަވާއިދުތަކަށް ބަދަލު ގެނައުމަށް. ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން ނޫން ގޮތަކަށް އޮންނަ ގަވާއިދުތަކަށް އަޅުގަނޑުމެން ޗެލެންޖު ކުރަންޖެހޭނީ ކޯޓުގަ ކަމުގަ ދަންނަވަން.“

އަސްލަމް ވިދާޅުވީ ޤާނޫނާ ޚިލާފަށް ގަވާއިދެއް ހެދިފައިވާ ކަމަކަށް ޕީޖީގެ ލީޑާޝިޕުން ގަބޫލެއްނުކުރާ ކަމަށެވެ.

ޙަސަންގެ މައްސަލައިގެ ޚުލާސާ:

މި މަހުގެ 6 ވަނަ ދުވަހު ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެއައި ބުރެޒިލްގެ އަންހެނަކު ވަނީ 2.5 ކިލޯގެ ”ކޮކެއިން“ އެތެރެކޮށްފައެވެ. ނަމަވެސް ރާއްޖެ އެތެރެވިޔަ ނުދީ އޭނާ އަނބުރާ ފޮނުވައިލީ ”ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު“ އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޙަސަން ވިދާޅުވި ގޮތުން އެ ގަވާއިދަކީ އެމްޑީޕީގެ ސިޔާސަތާ ދިމާ އިދިކީއްޔަށް ހަދާފައިވާ ގަވާއިދެއް ކަމަށެވެ.

”ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތާ ދިމާ އިދިކީއްޔަށް ސަރުކާރުން ވަނީ މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާއެކު ބިރެއްނެތި, އެ ވިޔަފާރި ކުރެވޭނޭ ގޮތަށް އަދި އެ ވިޔަފާރިއަށް ހިއްވަރު ލިބޭނޭ ގޮތަށް ސިޔާސަތު ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.“ އޭނާ ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

އަދި އެ ގަވާއިދު މިހާރު އޮތް ގޮތުން ރާއްޖެއަށް ފަސޭހަކަމާއެކު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށާއި, ޓްރެފިކަރުންނަށް އަދަބެއް ލިބިދާނޭ ކަމުގެ އެއްވެސް ބިރެއް ނެތި އެ ވިޔަފާރިކުރުމަށް މަގުފަހިވެފައިވާ ކަމަށް ޙަަސަންގެ މައްސަލައިގައި ވިދާޅުވެފައިވެއެވެ.

”މިކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވަރކްތަކުން ރާއްޖެއަކީ އެވިޔަފާރީގެ މަންޒިލަކަށް ހަދައި, ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓައިލުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.“

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބުނެފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެ މަސްތުވާތަކެއްޗެއްގެ ބާވަތަށް ބަލައި އެންމެ ބޮޑު އަދަބުގެ ގޮތުގައި 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 10,000,000 ރ. އިން ޖޫރިމަނާ ކުރުން ވެސް އެ ޤާނޫނުގައި ހިމެނެއެވެ. އެކަމަށް ޢިޝާރަތް ކުރައްވައި ޙަސަން ވިދާޅުވެފައިވަނީ ޤާނޫނުން ކުށާއި އަދަބު ކަނޑައަޅާފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި, އެ ގަވާއިދު ތަންފީޒު ކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

4 ކިލޯގެ ޑްރަގާއެކު 5 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ގާނޫނުގައި ނެތުމުން ދޫކޮށްލައިފި

މާރޗް 21, 2023
ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

މާރޗް 21, 2023
ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

މާރޗް 21, 2023
ހަނދު ސާބިތުކުރުމުގެ ޖަލްސާ ހުކުރުދުވަހުގެރޭ

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

މާރޗް 21, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In