އާދިއްތަ, މާރޗް 26, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ސަމަދުބެ ރާއްޖެ އަތުވެއްޖެ، ބޭނުންވަނީ ގެއްލުމުގެ ބަދަލު ހޯދަން

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 13, 2023
ޚަބަރު
2
ޕީޕީއެމް ހުޅުމާލޭ ދާއިރާގެ ރައީސް އިންޑިއާއިން އައުޓް ކޮށްލައިފި

މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ އިމިގްރެޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) ޑީޕޯޓުކޮށްލުމުން މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އަނބިދަރިން ގޮވައިގެން ބޭސް ފަރުވާ ކުރުމަށް ސަމަދުބެ އިންޑިއާއަށް ދިޔައީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ގޮތުން ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓައި, އިންޑިއާގެ އިމިގްރެޝަންގެ ބެލުމުގެ ދަށަށް ސަމަދުބެ ގެންދިޔައީ ހޮނިހިރު ދުވަހުއެވެ.

އިންޑިއާއިން ޑީޕޯޓުކޮށްލުމުން ސަމަދުބެ ރާއްޖެއައީ މިއަދު މެންދުރުފަހު 13:55 ގައި ބެންގަލޫރުން އައި އެއަރ އިންޑިއާގެ ފުލައިޓެއްގައެވެ.

ރާއްޖެ އައުމަށްފަހު ޗެނަލް 13 އަށް ދިން ބަސްދީގަތުމެއްގައި ސަމަދުބެ ވަނީ އޭނާއަށް ކުރެވުނު ތަޖުރިބާ ހިއްސާކޮށްފައެވެ.

ސަމަދުބެ ބުނި ގޮތުގައި އޭނާ އިންޑިއާގެ އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިނގިލީގެ ނިޝާނުގެ މައްސަލައެއް އުޅޭކަމަށް ބުނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބެލިއިރު އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނި ކަމަށާއި އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޮޅުވާލައިގެން ކަމަށެވެ.

”އޮޅުވާލައިގެން މަކަރާއި ހީލަތުން ގެންގޮސްފަ 18 ގަޑިއިރު ހޭ ވެސް އަހައިނުލައި ބައިންދަ ބައިންދާފައި.. އަޅުގަނޑު ސުވާލުކޮށްފިން ކިހިނެއްތޯ ވީ. ބުނިހާއިރުން ބުނީ ތިހިރީ ކުށްވެރިވެފައޭ. ޔޫއަށް އިންޑިއާގެ ތެރޭ އުޅުން މަނަލޭ. އިންޑިއާއަށް އެރުމަކީ މަނާކަމެކޭ. އެހެންވީމާ ޖަލަށޭ ދާންޖެހޭނީ ފުރަތަމަ. ދެން އަޅުގަނޑު ބުނިން ޖަލަށް ދާނީ.. ކުރި ކުށެއް އަޅުގަނޑު ކައިރީ ބުނާށޭ.“

އެއަށްފަހު އަތުގައި އޮތް ފޯނު ވެސް އަތުލައިފި ކަމަށާއި އޭގެކުރިން އޭނާއަށް ހެޔޮއެދޭ ފަރާތްތަކަށް މެސެޖު ފޯރުކޮށްދީފައިވާނެ ކަމަށް ސަމަދުބެ ބުންޏެވެ.

”އަޅުގަނޑަށް އެނގޭ އަޅުގަނޑު ސީދާ މިގެންދަނީ ޑީޕޯޓުކޮށްލަންކަން. އެނގިއްޖެ އެމީހުންގެ ފުރަތަމަ ހަރަކާތްތައް ހުރިގޮތުން. ފުރަތަމަ އަޅުގަނޑު ބަލާދިޔައީ އިމިގުރޭޝަނުން. އެކަމު އަޅުގަނޑު ފުލުހުންގެ ކާރުގަ ދާންޖެހުނީ. ކާރުގަ ގެންގޮސްފަ އެއާޕޯޓުގަ އަޅުގަނޑާ ބައްދަލުކުރީ ކޯޓު ފަޓުލޫނުގަ ތިބި ބޮޑު ސިންގާ ފޯސްއެއް. ސީދާ ރޯ އެޖެންޓުން އަޅުގަނޑު ގޮވައިގެން ގޮސްފަ އެތާގެ އަޅުގަނޑަށް ލަފާކުރެވެނީ މުޅި އިމިގުރޭޝަނުގަ ވެސް ތިބީ ހުސް ރޯ މީހުން ކަމަށް. ގެންގޮސް ވަރަށް ރޫޑްކޮށް ވަރަށް ހަރުކަށިކޮށް އަޅުގަނޑާ ދޭތެރޭގަ ކަންތައްތައް ކުރީ.“

”18 ގަޑިއިރު ކޮށްފަ އަޅުގަނޑު ބުނެފިން އަޅުގަނޑު ބަނޑުފައިވެއޭ އެބަ. ބުނިހާއިރުން ބުނެފި ވާހަކަ ނުދައްކާ މަޑުކުރާށޭ. ތިމަންނަމެން އެއާލައިނާ އެބަ ވާހަކަ ދައްކަމޭ. އެއާލައިނުން އެ ރޭ ދަންވަރު 3:30 ގަ މީހަކު އައީ. އައިސްފަ އަޅުގަނޑު ސުވާލުކޮށްފިން އަޅުގަނޑު ވަރަށް ބަނޑުހައިވެގެންނޭ. ބުނީމަ އޭނަ 4:30 ގަ ކާ އެއްޗެއް ހިފައިގެން އައީ. އަޅުގަނޑު ފުރަތަމަ ކަސްޓަޑީގަ މީހުން ބައިތިއްބާ ތަނެކޯ ކިޔާފަ ވެއްދީ ސިޓިންރޫމެއް ކަހަލަ ތަނަކަށް. އެތާ އެތެރޭގަ ފިނިކަމުން. އެއާޕޯޓުތެރެ އެހާ ފިނި. ހަމަ ފެށުނީއްސުރެ އަނިޔާދެމުން އައިސްފަ އަޅުގަނޑަށް ރަޖައެއް ވެސް ލިބުނީ އެތާގަ އޮތް އެފްރިކާ މީހަކު ފުރައިގެން ދިޔައިމަ.“ ސަމަދުބެ އިތުރަށް ކިޔައިދިނެވެ.

ސަމަދުބެ ބުނި ގޮތުން އޭނާއަކީ ހިތުގެ ބައްޔާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލަށް ބޭސްކުރާ މީހެކެވެ. ނަމަވެސް އެކަމުގެ ތެރޭގައި 4 ދުވަސްވީއިރު ބޭސް ނުލިބުނު ކަމަށެވެ.

ސަމަދުބެ ބުނީ ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާ ސަރުކާރުން ހޯދަން ބޭނުންވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

އަމްރު ވަކިކޮށް އެސްޓީއޯގެ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި

އަމްރު ވަކިކޮށް އެސްޓީއޯގެ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި

މާރޗް 26, 2023
ގެޒެޓްކޮށްފައިވާ ގަވައިދުގެ ސަބަބުން ދީނީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް – ރ.މައުމޫން

ތަރާވީހް ނަމާދުގައި ޤުރްއާން ޚަތިމުކުރުމަކީ ކޮންމެހެން އޮންނަ ކަމެއް ނޫން: މައުމޫން

މާރޗް 26, 2023
އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލަ އަނބުރާ ގެންދަވައިފި

އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލަ އަނބުރާ ގެންދަވައިފި

މާރޗް 26, 2023
މޮޓޯކޭޑަށް ހުރަސްއަޅައިގެން ހައްޔަރުކުރީ ހަތަރު މީހުން

މޮޓޯކޭޑަށް ހުރަސްއެޅުން: ދެ މީހަކު ދޫކޮށްލައިފި

މާރޗް 26, 2023

Comments 2

  1. އިސްފަހާނު says:
    1 month ago

    * މީނާއަށް ކުރުންވެސް ގެންދަނީ ޑީޕޯޓް ކުރަން ކަން އެނގުނީ ކީއްވެ؟
    * 18 ފަހުން އެއްޗެއް ބުނަން އެނގުނީ ކީއްވެ؟
    * މީނާއަކީ ކުރިން ފުލުހެއް ފޯސްތަކުގެ މީހުން ތިބެނީ ކޯޓު ފަޓްލޫނުގެ ކަމަށް ބުނެވުނީ ކިހިނެއް؟
    * މީނާދެއްކި ވާހަކަ ދިމާނުވާނެ ކީއްވެ؟

    Reply
  2. Ali bin Yoosuf says:
    1 month ago

    އަވަހަށް އިންޑިޔާއައުޓް ޓީސާރޓް ވައްޓާލައިގެން އިންޑިޔާ އެމްބަސީ ދޮށަށް ދުވާށެވެ.

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In