ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

”ޑްރަގް އެތެރެކުރުމަކީ ދައުލަތުގެ ތެރެއިން ރޭވިގެން ހިންގަމުން އަންނަ ޖަރީމާއެއް“

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 13, 2023
ޚަބަރު
0
”ޑްރަގް އެތެރެކުރުމަކީ ދައުލަތުގެ ތެރެއިން ރޭވިގެން ހިންގަމުން އަންނަ ޖަރީމާއެއް“

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ ދައުލަތުގެ ތެރެއިން ރޭވިގެން ހިންގަމުން އަންނަ ޖަރީމާއެއް ކަމަށް ތުހުމަތު ކުރައްވައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖެއަށް ޑްރަގް ޓްރެފިކްކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް އަލަށް އެކުލަވައިލި ގަވާއިދު އިސްލާހުކުރަން ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އިންތި ވިދާޅުވީ ޙަސަން ހުށަހެޅުއްވި މައްސަލައަކީ ވަރަށް ބޮޑު ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާއިން ފެނުނީ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކުރުމުގެ އުސޫލު ނެތިކޮށްލުމުގެ ތުރީލައިން ރެޑް ވިޕެއް ނެރުނު މަންޒަރު ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ.

”…ވެރިކަންކުރާ ޕާޓީން, އެމްޑީޕީން, ސަރުކާރުގެ ސްޕަރމެޖޯރިޓީ އޮތް މަޖިލީހަކުން ޖަވާބުދާރީ ކުރުވަނިވި ބިނާކުރުމުގެ އުސޫލު ނެތިކޮށްލުމުގެ ތުރީލައިން ރެޑް ވިޕެއް ނެރުނީތީވެ އަޅުގަނޑު ކަންބޮޑުވޭ. އެއީ މާ ސީރިއަސް މައްސަލައެއްގެ ގޮތުގަ އަޅުގަނޑު ފާހަގަކުރަން.“

ޙަަސަންގެ ކުއްލި މައްސަލަ ހުށަހެޅުއްވީ މި މަހުގެ 6 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މަސްތުވާތަކެތި އަތުލައިގަތުމަށްފަހު, އެ ގެނައި އަންހެން މީހާ ވަގުތުން އަނބުރާ ފޮނުވައިލުމާ ގުޅިގެންނެވެ. އޭނާ ފޮނުވައިލީ ”ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު“ އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ ގަވާއިދަކީ މިދިޔަ ޖަނަވަރީގައި ގެޒެޓްކުރި ގަވާއިދެކެވެ.

”ރާއްޖެއަށް ޑްރަގް އެތެރެކުރި އަންހެން މީހާ ފޮނުވައިލި މައްސަލައިން ސެޓް ކުރި ސްޓޭންޑަޑަކީ ފަޅާ ނާރާ ގޮތަކަށް އޮމާންކަމާއެކު ޑްރަގް ޓްރެފިކް ކުރެވިއްޖެ ނަމަވެސް އެ މީހާ ސަލާމަތްވީ. އަދި ފަޅާ އަރައްޖެނަމަ ވެސް އެ މީހާ ސަލާމަތްވީ. އެހެންވީމަ މި ސްޓޭންޑަޑް އެ ސެޓްކުރެވުނު ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމާ މި ދެންނެވި ގަވާއިދު ބާތިލުކުރަން މި ޖެހެނީ.“ އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވެ, އެ ތަކެތި އަތުލައިގަނެއްޖެނަމަ އެ މައްސަލައެއްގައި ދުވަހަކު ވެސް ރަނގަޅަށް ތަޙްޤީޤެއް ހިންގިފައިނުވެއެވެ. އަދި ޝަރީޢަތެއް ހިންގި ކާމިޔާބުވެފައެއް ވެސް ނެތް ކަމަށެވެ.

”އެހެންވީމަ މީ އޯގަނައިޒްޑް ދައުލަތެއްގެ ތެރެއިން ވެސް އޯގަނައިޒްޑް ސިފައެއްގަ ކުރާ ޖަރީމާއެއް ގޮތުގަ އަޅުގަނޑަށް ހަމަ ގަބޫލުކުރަން އެބަޖެހޭ. ބޮޑެތި ބޮޑެތި މައްސަލަތަކަށް ސަރުކާރުން ހައްލެއް ނުހޯދައިދެވުނު. ފަސް އަހަރުގެ ދައުރެއް ނިމުނީ. ބޮޑު އެއްވެސް މައްސަލައެއްގަ ސިޔާސަތެއް ވެސް ނެތް, ސްޓޭންޑަޑެއް ވެސް ނެތް, ސްޓްރެޓަޖީ އެއްވެސް ނެތް.“

އިންތި ވަނީ މިފަދަ ކަންކަމާމެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މި ނޫން ގޮތެއް ރައްޔިތުން ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

މާރޗް 24, 2023
އެމްއެމްޕީއާރްސީގެ ޚިޔާނާތް: ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާކަމަށް ވިދާޅުވެއްޖެ

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ: އާދަމް ޝަރީފް

މާރޗް 23, 2023
ޖޭޕީން ވާދަކުރަން ނިންމީ މި ސަރުކާރުގެ އަމަލުތަކާ ހެދި ގައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ރާއްޖޭގެ މިސްރާބު ހުރީ އަޅުވެތިކަމާ ދިމާއަށް: އިޤްބާލު

މާރޗް 23, 2023
ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In