ޤާނޫނުއަސާސީގެ ބާރުކަނޑުވާލައިގެން ކޮންމެވެސް ބަޔަކު އުޅޭ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ރާއްޖެއަށް ޑްރަގް ޓްރެފިކްކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް އަލަށް އެކުލަވައިލި ގަވާއިދު އިސްލާހުކުރަން ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންމެވެ.
މި މަހުގެ 6 ވަނަ ދުވަހު ރާއްޖެއަށް 2.5 ކިލޯގެ ”ކޮކެއިން“ އެތެރެކުރި އަންހެނަކު ރާއްޖެ އެތެރެވިޔަ ނުދީ މޯލްޑިވްސް އިމިގުރޭޝަނުން ވަނީ އޭނާ އަނބުރާ ފޮނުވާލައިފައެވެ.
އޭނާ ފޮނުވައިލީ މިދިޔަ މަހު ގެޒެޓްކުރި ”ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު“ ގައިވާ ގޮތުގެ މަތިންނެވެ.
ޙަސަން ލަޠީފް ހުށަހެޅުއްވީ އެ ގަވާއިދުގައިވާ ”މަސްތުވާތަކެއްޗާބެހޭ ޤާނޫނު“ އާ ތަޢާރުޒުވާ ބައިތައް އުނިކުރުމަށެވެ.
ޤާސިމް ވަނީ އެ މައްސަލައަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް އެއްވެސް ގަވާއިދެއް ނެހެދޭނެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ގަވާއިދެއް ނުހެދޭ ތަނުގައި އޭގެއިތުރުން ކުރާ ޢަމުރަކަށް ތަބާވާކަށް ވެސް ނުޖެހޭނެ ކޮންމެ ވެރިއަކު ކުރިޔަސް. އެހެންވީމަ މި މައްސަލައިގެ ބޮޑުކަން އެބަ އެނގޭ ވަރަށް ސާފުކޮށް. ކޮންމެ ވެސް ދިމާއަކުން ކޮންމެ ވެސް ބަޔަކު މި އުޅެނީ ޤާނޫނުއަސާސީގެ ބާރުކަނޑުވާލައިގެންކަން ނުވަތަ ޤާނޫނުތަކުގެ ބާރުކަނޑުވާލައިގެންކަން.“
އެހެންވީމަ މީ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
އެންމެ ފުރަތަަމަ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލީ، 7 ފެބުރުއަރީ 2012 ގަ ބަޣާވާތް ކުރިމީހުން، އެއީ ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ މުއްދަތަށް ވުރެ އިތުރަށް،7ދުވަހު ވަޙީދު ވެރިކަމުގަ ބެހެއްޓުން،މަޖުބޫރުން ނަމަވެސް ޤާނޫނު އަސާސީ ގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ އިތުރަށް ހުރުމަކީ ޤާނޫނު އަސާސީ ގެ ބާރު ކަނޑުވާލުން ދެއްތޮ….؟
Meegekurinetherekuri meehaahayyarukuriiru duragaaekulagejugendhiyameehakuneyngunu dhenhadhaanee kihineh