މާލޭގެ ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ މާފަންނުގެ ގެއަކުން މަގުމައްޗަށް ފުންމައިލި މީހަކާއެކު ކޮންކްރީޓްގަނޑެއް ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބުނީ ރޭ 11:29 ހާއިރު ކަމަށެވެ.
ކޮންކްރީޓްގަނޑު ވެއްޓުނީ ވައްކަން ކުރުމަށްޓަކައި އެ ގެއަށް ވަން މީހަކު ބެލްކަނިން ފުންމާލި ވަގުތުގައެވެ.
އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.