ރޭ ދަންވަރު މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ ރޭ ދަންވަރު 3:00 ގައި ހެންވޭރު އަސްރަފީ މަގުގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އަދި އެ މާރާމާރީގައި އަނިޔާވި މީހަކަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.
މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ. އަދި މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.