ގިނަ ޢަދަދެއްގެ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރީ ޢުމުރުން 20 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެ މީހުންގެ މައްޗަށް ކުރަނީ ޑްރަގް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެއިން ކޮންމެ މީހަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ ޢަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ޢަމުރުގައިވާ ގޮތުން އެ މީހުންނާއި އިތުރު ބަޔަކު ހިމެނޭހެން ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާކަމުގެ އިންޓެލިޖެންސް ރިޕޯޓު ފުލުހުން ވަނީ ހުށަހަޅާފައެވެ. އަދި ޑްރަގް ހުރި ދަބަސް ހިފައިގެން އެ ދެމީހުން ދާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
އެ މީހުން އަތުން އަތުލައިގަތް ޑްރަގްގެ ވަގުތީ ބަރުދަނުގައި ތިން ކިލޯ ހުރިކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.