ކަލާޒްގެ ރިއަލިޓީ ޝޯ، ”ބިގް ބޮސް“ ސީޒަން 16 ގެ ޓްރޮފީ އުފުލާލީ ރެޕް ލަވަކިޔުން ތެރިޔާ އަލްތާފް ތާޓްވީ (އެމް ސީ ސްޓޭން) އެވެ.
ކުލަ ގަދަކޮށް ރޭ ގެނެސްދިން ފިނާލޭ އެޕިސޯޑް ފެށީ ރާއްޖެ ގަޑިން 6:30 ގަ އެވެ.
ޝިވް ތާކްރޭ – ރަނައަޕް
ޕްރިޔަންކާ ޗަހާރު ޗައުދަރީ – ދެވަނަ ރަނައަޕް
އަރްޗަނާ ގޯތަމް – ހަތަރުވަނަ
ޝާލިން ބެނޮޓް – ފަސްވަނަ
އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ ”ބިގް ބޮސް“ ގެ 16 ވަނަ ސީޒަންގެ ގަދަ ފަހެކީ ޓީވީ އެކްޓަރުން ކަމަށްވާ ޝާލިން ބެނޮޓާއި ޕްރިޔަންކާ ޗަހާރު ޗައުދަރީގެ އިތުރުން ރެޕާ އެމްސީ ސްޓޭން އާއި އިންޑިއާގެ ރީތީގެ ތަފާތު މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ އަދި ސިޔާސީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ އަރްޗަނާ ގޯތަމްގެ އިތުރުން ”ބިގް ބޮސް މަރާޓީ“ ސީޒަން ދޭއް ކާމިޔާބާކުރި ޝިވް ތާކްރޭ އެވެ.

”ބިގް ބޮސް 16“ ދައްކަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ގަ އެވެ. ޝޯ ފެށީ 17 ބައިވެރިންނާ އެކީގަ އެވެ. މި ޝޯގެ ހޯސްޓަކީ މަޝްހޫރު ތަރި ސަލްމާން ޚާނެވެ.
”ބިގް ބޮސް 15“ ވަނަ ސީޒަން ކާމިޔާބުކުރީ ޓީވީ ބަތަލާ ތޭޖާސްވީ ޕްރަކާޝް އެވެ.