މި އުޅެނީ ވެރިކަން ބޭނުންވެގެން ނޫން ކަމަށާއި, މި އުޅެނީ ދިވެހި ރައްޔިތުންނަށް އެބައިމީހުންގެ ވެރިކަން ހޯދައިދޭން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި އެއްވުމުގައި ދެއްކެވި ވާހަކައިގައެވެ.
”އަޅުގަނޑުމެން ކޮންމެ ރެއަކު މިތަނަށް ނުކުމެ މި ހަޅޭލަވަނީ އެންމެ ސަބަބަކަށްޓަކައި ދިވެހިރާއްޖޭގެ ދިވެހިވަންތަކަމަށްޓަކައި. ޤައުމިއްޔަތަށްޓަކައި. އިސްލާމްދީނަށްޓަކައި. އަޅުގަނޑުމެންގެ ނެތޭ އަމިއްލަ އެދުމެއް. އަޅުގަނޑުމެން މި އުޅެނީ ވެރިކަން ބޭނުންވެގެން ނޫން. މި އުޅެނީ ދިވެހި ރައްޔިތުންނަށް އެބައިމީހުންގެ ވެރިކަން ހޯދައިދޭން.“ އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުން އަދުރޭ ދެއްކެވި ވާހަކައިގައި ވިދާޅުވީ މި ޤައުމަކު އިންޑިއާގެ ބާރެއް ނުހިންގޭނެ ކަމަށާއި، މި ރާއްޖޭގެ ޤައުމީ ދިދައިގެ މައްޗަށް އިންޑިއާ ދިދަ ނަގާކަށް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަދި މި ރާއްޖޭގެ ފުލުހުންގެ މައްޗަށް އިންޑިއާގެ ފުލުހުންނަަކަށް ބާރު ހިންގާކަށް ޖާގައެއް ނުދެއްވާނެ ކަމަށާއި، މި ރާއްޖޭގެ ސިފައިންގެ ތެރެެއަށް އިންޑިއާ މީހުން ވަދެ ބޭނުންކުރާކަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ.
”މި ރާއްޖޭގަ ރައީސް އޮފީހުގަ ތިބެގެން މި ރާއްޖެ ބޭނުން ގޮތަކަށް ބައްޓަން ކުރާކަށް ފުރުސަތެއް ނުދޭނަން. އިންޑިއާ ސަފީރަކަށް މި ޤައުމަކު ބޭނުން އެއްޗެއް ނުހެދޭނެ.“
”އިންޑިއާ އައުޓް އަޅުގަނޑުމެން ކިޔާނަން. އަޅުގަނޑުމެން މި އަންނަނީ އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރަން. އަޅުގަނޑު މި ދަންނަވަނީ ރައީސް ޔާމީންގެ ވެރިކަމުގަ އިންޑިއާއެއް ނޫން، ބޭރު އެއްވެސް އަސްކަރިއްޔާއަކަށް ވަޒަންވެރިއެއް ނުވެވޭނެ.“
އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެން ވެރިކަމަށް ވަޑައިގަންނަވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމު ބައްޓަން ކުރެއްވުމަށެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން މިނިވަންކޮށްގެން މި ރާއްޖޭގެ ވެރިކަމަށް ގެންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ހަމަހިލާ ތިކަމެއް ދެން ނުވާނެ
Adhurey Allaahugandhee huaikobbala