އައްޑޫ ސިޓީ ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
ފުލުހުން ބުނީ މި އެކްސިޑެން ހިނގިކަމުގެ މަޢުލޫމާތު ލިބުނީ ހެނދުނު ކަމަށާއި ސައިކަލު ދުއްވި މީހާއަށް އަނިޔާވެފައިވާތީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައު ފަރުވާދެމުންދާ ކަމަށެވެ.
އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އެ ޒުވާނާގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
ސައިކަލާއި ކާރު ދުއްވި ދެ މީހުންނަކީ ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.