މިދިޔަ ބުރާސްފަތި ދުވަހު ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވި މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.
ސިނަމާލޭ ބުރިޖުގެ ހައިވޭގައި ދަތުރުކުރި ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާދެމުން އައީ ވެންޓިލޭޓަރުގައެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަނިޔާވި މީހާ މިހާރުން ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. ވެންޓިލޭޓަރުން ނެގި ނަމަވެސް އޭނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ބުރާަސްފަތި ދުވަހު ހިނގި މި އެކްސިޑެންޓުގައި ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ކާރުގެ ކުރީކޮޅަށް ވެސް ވަނީ ގެއްލުންތައް ލިބިފައެވެ.