ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އުޅެނިކޮށް، އެ ޤައުމުގެ އިމިގުރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) ޑީޕޯޓްކޮށްލައިފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ބައެއް މީޑިއާތަކަށް ވިދާޅުވީ ސަމަދުބެ އިންޑިއާއިން ޑީޕޯޓްކޮށްލުމަށްފަހު ރާއްޖެ ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މިހާރު ސަމަދުބެ އިނީ ފްލައިޓުގައި ކަމަށް ބެލެވޭކަމަށް ހީނާ ވިދާޅުވިއެވެ.
މަޢުލޫމާތު ލިިބިފައިވާ ގޮތުން ސަމަދުބެ ރާއްޖެއަށް ފުރީ 14:15 ގައެވެ.
މި މަހުގެ 10 ވަނަ ދުވަހު ޢާއިލާ ގޮވައިގެން ބޭސްފަރުވާއަށްދިޔަ ސަމަދުބެ އިންޑިއާގެ އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓައެވެ. އެނގިފައިވާ ގޮތުން ސަމަދުބެ އިމިގުރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ފިންގާ ޕްރިންޓްގެ މައްސަލައެއް އުޅޭކަމަށް ބުނެއެވެ.
އިދިކޮޅު ކޯލިޝަނުން ހިންގާ ”އިންޑިއާ އައުޓް“ ހަރަކާތުގައި އިސްކޮށް އުޅޭ ސަމަދުބެ އިއްޔެ ޢާންމުކުރި ވީޑިއޯއެއްގައި ބުނި ގޮތުން އޭނާގެ ކުށަކީ ކޮބައިކަމެއް އޭނާއަށް ވެސް ނޭނގެއެވެ.
އަލްހަމްދު ﷲ! ހިސާބަށްވުރެން މޮޅުވެފައި، އަނގަބޮޑުވެފައި، ތިމާމެންނަށް ތިމާމެން ފެނުނީމާ އަދި ތިޔަވީވަރު ކުޑައެވެ. އަސްލުގައި އިންޑިޔާ ޖަލުގައިވެސް ދުވަސަކޮޅަކު ބާއްވާލިނަމަ، ހާދަ އުފާވީހެވެ. މީޙަމަ ޔާމީނު މިކަހަލަ ޖާހިލުންނަށް ޖައްސާ ދަނަތުރައެވެ.