މާލޭ ބޮޑުތަކުރުފާނު މަގު، ފަތާ ޓްރެކް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގީ މިއަދު 13:15 ހާއިރު ދެ ސައިކަލެއް ޖެހިގެންނެވެ.
ހާދިސާއާގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ އިދާރާއިން ބުނީ ސައިކަލު ދުއްވަން އިން އެކަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައެވެ.