އިންޑިއާގެ ހޮސްޕިޓަލެއްގައި ހުއްޓާ އެ ޤައުމުގެ އިމިގުރޭޝަނުން ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) ހިފެހެއްޓި މައްސަލަ ދިވެހި ސަރުކާރު ބަލަން ފަށައިފިއެވެ.
ޢާއިލާ ގޮވައިގެން ބޭސްފަރުވާއަށް ސަމަދުބެ އިންޑިއާއަށް ދިޔައީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ސަމަދުބެ އިންޑިއާގެ އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓައެވެ.
ސަމަދުބެ ގެންދިޔައީ ޕާސްޕޯޓުގެ މައްސަލައެއް ޖެހިގެން ކަމަށް ބުނެއެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ބެންގަލޫރުގައި ހުރި ދިވެއްސަކު އިއްޔެ އިންޑިއާގެ އިމިގުރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެ ޤައުމުގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އެކަން ބަލަމުންދާ ކަމަށެވެ.
ސަމަދުބެ އަކީ އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ހަރަކާތުގައި އިސްކޮށް އުޅޭ މީހެކެވެ.
އަލްހަމްދު ﷲ! ހިސާބަށްވުރެން މޮޅުވެފައި، އަނގަބޮޑުވެފައި، ތިމާމެންނަށް ތިމާމެން ފެނުނީމާ އަދި ތިޔަވީވަރު ކުޑައެވެ. އަސްލުގައި އިންޑިޔާ ޖަލުގައިވެސް ދުވަސަކޮޅަކު ބާއްވާލިނަމަ، ހާދަ އުފާވީހެވެ. މީޙަމަ ޔާމީނު މިކަހަލަ ޖާހިލުންނަށް ޖައްސާ ދަނަތުރައެވެ.