ފުލުހުންގެ އިދާރާއިން ބަލަމުން އަންނަ މައްސަލައެއްގެ ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ބިދޭސީއަކު ހޯދަން އިއުލާނުކޮށްފިއެވެ.
މި މައްސަލައަކީ ހުޅުމާލެ ފޭސް 01 ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ މައްސަލައެކެވެ
މި މައްސަލައިގެ ތަޙްޤީޤަށް ހާޒިރުކުރުމަށް ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހީދުލް ޙައްޤު (41އ) އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ތަޙްޤީޤަށް ހާޒިރުކުރުމަށް ބޭނުންވި ނަމަވެސް، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އަދި ސްޕޮންސަރއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާ ކަމަށެވެ.
އެ ގޮތުން ޖިނާއީ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފެބްރުއަރީ 19 ވަނަ ދުވަހުގެ 10:00 އަށް ތަޙްޤީޤަށް ހާޒިރުވުމަށް އަންގައި ވަނީ އިއުލާނުކޮށްފައެވެ.