މި ވެރިކަމުގައި ސިއްކަ ޖަހާލާނީ ބޮޑު ސިއްކައިން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެެއެވެ.
ޕީޕީއެމް/ޕީއެންސީން ރޭ ކުރި އިހުތިޖާޖުގައި އަދުރޭ ވިދާޅުވީ މީ 2023 ކަމަށާއި މި ވެރިކަމުގައި ސިއްކަ ޖަހާލާނީ ޣައްދާރު ބޮޑު ސިއްކައިން ކަމަށެވެ.
”މީ 2023. މި ޗޯރު އިބޫގެ ވެރިކަމުގެ ނިމުމުގަ ސިއްކަ ޖަހާނީ، ސިއްކަ ޖަހާނީ، ސިއްކަ ޖަހާނީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ. ބޮޑު ސިއްކައިން ސިއްކަ ޖަހާލާނީ. ޣައްދާރު ބޮޑު ސިއްކައިން ސިއްކަ ޖަހާލާނީ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގަ އިރާދަކުރެއްވިއްޔާ.“
އަދުރޭ ވަނީ ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދުދީދީއާއި، ފޮރިން މިނިސްޓަރު ޝާހިދާއި، މޭޖާރ ޖެނެރަލް ޝަމާލްފަދަ ޣައްދާރުންނަށް މި ޤައުމުން ޖާގައެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން އަންނަނީ އަންނަނީ ކަމަށެވެ. އަދި އަދުލުއިންސާފާއި ތިޔާގިކަމާއި މިނިވަންކަމާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އަންނަނީ ކަމަށެވެ.
ތީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މުގުލުގައި ތިބިމީހުންތެރެއިން އެކަމު ދަރިންނަށް ފުލެޓް ގަނެދީ ގެވަޅުގަނެދީ ހެދިމީހާާއެއްނުތީ ތީ އަދި ޖަލަށް ދާނެމީހެއް