އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ އެމްޓީސީސީގެ އަމާޒަކީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ސްޓެލްކޯގެ ޢިމާރާތާ ހަމައަށް ތާރުއަޅައި ނިންމައިލުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އަމީނީމަގުގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ގޮތުން ހަމަ އެ ދުވަހު މަސައްކަތްތައް ފަށައި, ސެގްމަންޓް 1, 2, 3 ގައި ތާރު އެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތަކުގެ ތެރެއިން އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
އެމްޓީސީސީން 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނައިރު އެ ކުންފުނިން އަމާޒު ހިފާފައިވަނީ އަންނަ ބުދަ ދުވަހާ ހަމައަށް ސްޓެލްކޯ ޢިމާރާތާ ހަމައަށް ތާރުއަޅައި ނިންމުމަށެވެ.
އަމީނީމަގު ހަދަން ހަވާލުކުރީ އާރްޑީސީއާއެވެ. މި މަހުގެ ނިޔަލަށް މަގު ހަދައި ނިންމަންޖެހޭނެއެވެ. ނަމަވެސް އެ މަސައްކަތްތައް ނުކުރެވި ލަސްވާތީ މަސައްކަތް އަވަސް ކުރުމަށް އެ މަގުގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރީއެވެ.
އެކަމަކު އާރްޑީސީން ބުނީ އެ ކުންފުންޏަށް ނުވެގެން އެއްވެސް ބަޔަކާ މަސައްކަތެއް ހަވާލެއް ނުކުރާ ކަމަށެވެ.