ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ސިވިލް ކޯޓުގެ ދެ ގާޒީއަކު އިންޑިއާއަށް ފުރައިވަޑައިގަންފިއެވެ.
ސިވިލް ކޯޓުން މިއަދު ބުނީ އެ ކޯޓުގެ ގާޒީ ޢަބްދުއްނާޞިރު ޝަފީޤާއި, ގާޒީ ހާފިޒާ ޢަބްދުއްސައްތާރު އިންޑިއާއަށް ފުރައިވަޑައިގެންފައިވާ ކަމަށެވެ.
އެ ބޭފުޅުން އިންޑިއާއަށް ފުރައިވަޑައިގަތީ ނެޝަނަލް ޖުޑީޝަލް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ހިންގާ ”ޓްރޭނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ފޮރ ޖުޑީޝަލް ނޯމްސް“ ގެ 02 ވަނަ ބުރުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ސިވިލް ކޯޓުން ބުންޏެވެ.