ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގަތީ މިއަދުގެ ހާލަތަށް ބަލާއިރު، އެއީ އެންމެ ފުރިހަމަ ނިންމުން ކަމަށް ޤަބޫލުކުރެެއްވޭތީ ކަމުގައި އިނަ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.
ފިރާޤް ޖޭޕީއާ ގުޅިވަޑައިގެން އޭނާގެ މެންބަރޝިޕް ފޯމު އިއްޔެ ހަވާލުކުރައްވާފައިވަނީ އެ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދާއެވެ.
ރޭގެ ވަގުތެއްގައި ފިރާޤް ކުރެއްވި ޓުވީޓެއްގައި ވަނީ ޖޭޕީއާ ގުޅިވަޑައިގަތް ސަބަބު ހާމަކުރައްވައިފައެވެ.
އޭނާ ވިދާޅުވީ ޖޭޕީއާ ގުޅިވަޑައިގަތީ މިއަދުގެ ހާލަތަށް ބަލާއިރު, އެއީ އެންމެ ފުރިހަމަ ނިންމުން ކަމަށް ޤަބޫލުކުރެެއްވޭތީ ކަމަށެވެ.
”އަޅުގަނޑު ޕާޓީ އާގުޅުނީ އަޅުގަނޑަށް ވެސް ގައުމަށް ޚިދުމަތް ކުރެވިދާނެކަމަށް ގަބޫލު ކުރެވޭތީވެ. އަދި މިއަދުގެ ހާލަތަށް ބަލާއިރު މިއީ އެންމެ ފުރިހަމަ ނިންމުން ކަމަށް ޤަބޫލު ކުރެވޭތީ.“
ފިރާޤަކީ ދިވެހިރާއްޖޭގެ ވިޔާފާރީގެ ދާއިރާގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުން އަންނަ ތަޖުރިބާކާރު ބޭފުޅެކެވެ.