އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި މާލެ ސަރަހައްދުން އަލަށް ރަޖިސްޓްރީވާން އެދޭ މީހުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
2023 ވަނަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ނުހިމެނޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި މާލެ ސަރަހައްދުން އަލަށް ރަޖިސްޓްރީވާން އެދޭ މީހުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިލީ މިދިޔަ ޑިސެމްބަރު 12 އިން ޖަނަވަރީ 19 ގެ ނިޔަލަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދި މާލެ ސަރަހައްދުން ފޯމު ހުށަހެޅި މީހުންނަށް މިހާރު ޖަވާބު ފޮނުވާފައިވާނެ ކަމަށެވެ.
އެހެންކަމުން ދަފުތަރުގައި ހިމެނިފައިނުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދޭނަމަ އެ މިނިސްޓްރީއަށް ނުވަތަ Zakat.dhafthar@islamicaffairs.gov.mv އަށް މި މަހުގެ 16 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. އެ މުއްދަތުގެ ފަހުން އެއްވެސް ޝަކުވާއެއް ބަލައި ނުގަންނާނެއެވެ.