އެމްޓީސީސީން ހއ.މުރައިދޫގައި ހަދަމުން އައި ފެރީ ސްޓޮޕްގެ މަސައްކަތްތައް ނިންމާލައިފިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތުގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ރަށްތަކަށް ހައިސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަަސައްކަތްތަކުގެ ތެރެއިން ކޮންމެ ރަށެއްގައި ފެރީ ސްޓޮޕެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.
އެމްޓީސީސީން މިއަދު ބުނީ މުރައިދޫގައި ހަދަމުން އައި ފެރީ ސްޓޮޕްގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
އެ ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއް ހުންނާނެއެވެ. މީގެ އިތުރުން އެ ތަނުގައިވަނީ ފާހާނާ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިފައެވެ.
މި ފެރީ ސްޓޮޕްއަކީ ”އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް“ މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ.