ހުކުރު, މާރޗް 31, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: މުސްކާން – ސަތާރަވަނަ ބައި

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
ފެބްރުއަރީ 12, 2023
ވާހަކަ
0
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ސަތާރަވަނަ ބައި

މުސްކާން ނެތްނަމަ އޭނަ ކިހާ އެކަނިވެރިވާނެހެއްޔެވެ! އަނެއްކޮޅުން މުސްކާން…އައިންތުގެ ޚިޔާލީ ދުރުމީއަށް މުސްކާން އެރުމުން މުސްކާންއަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނެވެ. ކުރިން ވަރަށް ވާހަކަދައްކާ މަޖާކޮށް އުޅުނު ކުއްޖެކެވެ. ޚިޔާލެއް ފިކުރެއްނެތި މިނިވަންކަމާ އެކު ގޭތެރޭގައި އަނގަގަދަކުރަމުން އެންމެން ހެއްވަމުން އުޅުނު މުސްކާން މިހާރު ކޮބައިހެއްޔެވެ. ފެންނަނީ ނެގި މަޑުވެފައިވާތަނެވެ. މީހަކާ ވާހަކަ ދައްކާ ހީނލާތަނެއް ނުފެނެއެވެ. ކާމޭޒުދޮށުގައި ވެސް އިންނަނީ އެހާ މަޑުންނެވެ. ކޮޓަރިން ނިކުންނަނީ ގޭގެ ކޮންމެވެސް މަސައްކަތެއް ކުރުމަށެވެ. ކެއްކުމަށެވެ. ނޫނީ މޮޕު ޖެހުމަށެވެ. ނޫނީ އައިންތު ގޮވައިލިއްޔާއެވެ. ދެން ހުރީ ރިހާންއެވެ. ރިހާންގެ އުޅުމަށްވެސް ބަދަލުތަކެއް އަތުވެއްޖެހެން ހީވާން ފަށައިފިއެވެ. ކުރިން ވެސް ލޮލުގެ ފެނުން ގެއްލުނު ހިސާބުން ފެށިގެން ވެސް ރިހާން ވަރަށް ބަސްމަދުވެއްޖެއެވެ. އެހެންނަމަވެސް ގޭތެރޭގައި އައިންތު އުޅެންޏާ އަބަދުވެސް ރިހާން ނިކުމެ އައިންތުއަށް ފެންނަ ހިސާބުގައި އިންނާނެއެވެ. ފަހަރެއްގައި ފާރޫގުގެ ނިޔާވުމުން ރިހާންއަށް މާބޮޑަށް އަސަރު ކުރީ ކަމަށް ވެދާނެއެވެ. ފާރޫގު ރިހާން ދެކެ ވާ ލޯބި އެންމެ ގާތުން ދެކެފައިވަނީ ޚުދު އައިންތުއެވެ.

އައިންތުގެ ލޮލުން ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތަކުން ހިތާ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބެމުން ދިޔައެވެ. އެހެންނަމަވެސް އެންމެ ފަހުން އައިންތު ކެއްސައި ގަތީއެވެ. އެ އަޑަށް ކޮޓަރީގައި އޮތް ރިހާން ނިކުމެ ދޮރުމަތީ މަޑުކޮށްލިއެވެ.

”މަންމާ!“ ރިހާން ގޮވައިލިއަޑަށް ފެންފޮދެއް ބަލާ އައިސްއަލަމާރިއާ ކައިރިވި އައިންތު އެނބުރި ބަލައިލިއެވެ. ރިހާން ފެނުމުން އައިންތުއަށް ލިބުނީ ސިހުމެކެވެ.

”ރިހާން…. ދަރިފުޅު!“ އައިންތުގެ އަޑު އިވުމުން ރިހާންއަށް ކަމެއް ގޯސްވެ މަންމަ ރޮނީކަން އެނގިއްޖެއެވެ. އެހެންކަމުން މަޑުމަޑުން މަންމަގެ އަޑު އައި ދިމާއަށް ރިހާން ހިނގައގަތެވެ.

ރިހާން އަންނަތަން ފެނުމުން އައިސް އަލަމާރި ލައްޕާލުމަށްފަހު ރިހާންއާ ދިމާއަށް އައިންތު ވެސް ހިނގައިގަތެވެ.

”ދަރިފުޅު ސައިބޯން ވީތަ! …އަދި މަަންމަ….!“ އައިންތު އުޅުނީ ސައި ނެހެދޭ ވާހަކަ ބުނުމަށެވެ. އެހެންނަމަވެސް ރިހާން އައިސް އައިންތުގެ އަތުގައި އެއް އަތުން ހިފެހެއްޓުމަށްފަހު އަނެއް އަތް އައިންތުގެ މޫނާ ދިމާއަށް ގެންދިޔައެވެ. އައިންތުގެ މޫނު ރިހާންއާ ދުރު ފަރާތަށް އަނބުރާލަން ވެސް އުޅުނެވެ. އެހެންނަމަވެސް ރިހާން އެއަށްވުރެ ހުޝިޔާރެވެ. އައިންތުގެ މޫނާއި ލޮލުގެ މަތީގައި އިނގިލި ހިންގައިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

”މަންމަ …. މަންމަ ރޮނީތަ!“ އައިންތު ރޮނީކަން ކަށަވަރުވުމުން ރިހާންއަށް ކުރީ ފުން އަސަރެކެވެ.

”ދަރިފުޅު… !“ އައިންތުއަށް އަޑުން އަޑުނަގައި  ރޮވިއްޖެއެވެ.

”ބައްޕަ ނިޔާވުމުން ދަރިފުޅުމެން ތި އުޅެގަތީ ކިހިނެއްތަ! މަންމަ ކިހާ ދެރަވާނެ!“

”މަންމާ!“ ރިހާން އަކަށް ވާހަކައެއް ނުދެއްކުނެވެ. މަންމަ އެބުނަނީ ތެދެކެވެ. ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. އެހެންނަމަވެސް އެގޭތެރޭގެ މާހައުލަށް އައި ބަދަލަކީ ބައްޕަގެ ނިޔާވުމާ ގުޅުމެއް އޮތްކަމެއް ނޫނޭ މަންމަ ގާތު ބުނާނީ ވެސް ކިހިނެއް ހެއްޔެވެ!

ރިހާން މަޑު މަޑުން އައިންތު ގައިގާ ބައްދައިލިއެވެ. ދެމައިން ކުރެ އެކަކުވެސް ވާހަކަ ނުދައްކާ އެ ގޮތަށް އިރުކޮޅަކު ތިއްބެވެ.

”މަންމަ… ހިނގަ ސައިބޯން…. ވަރަށް ބަނޑުހައި!“ ތަނުގައި އޮތް ބީރައްޓެހިކަން ކަނޑުވައިލާ މާހައުލު ހަމައަކަށް އަޅުވަން ބޭނުންވާތީ މަންމަ އެންމެ އުފާވާނެހެން އެވަގުތަށް ރިހާންއަށް ހީވި ވާހަކަ ފެއްޓިއެވެ.

”އަދި މަންމައަކަށް ސައި ނެހެދެއޭ!“ އައިންތުގެ ރާގުން ސައި ނެހެދި އެހައިއިރު ވުމުން ކަންބޮޑުވުން ފާޅުވިއެވެ.

”އެ އެއްވެސް ކަމެއް ނޫން! މަންމަ ސައި ހަދާ ނިމެންދެން އަހަރެން މިތާ މަޑުކުރާނީ!“ ރިހާން ބޭނުންވީ މަންމައަށް ރިހާން އަޅައިލާކަން އަންގާށެވެ.

އައިންތު ފެށީ ރިހާންއަށް ސައި ތައްޔާރު ކުރުމުގެ މަސައްކަތެވެ. ވަރަށް އަވަހަށް އައިންތު ރިހާންއަށް ސައި ތައްޔާރުކޮށް މޭޒުމައްޗަށް ނެގިއެެވެ. ސޭންޑްވިޗާ ބިސްގަނޑަކާ މައިލޯ ތައްޓެކެވެ.

”ދަރިފުޅު އުޅޭ ސައިބޯން! މިހިރީ އޮމްލެޓް ވެސް!“ ތަށިތައް ރިހާން އަތުޖެހޭ ހިސާބަށް ކައިރިކުރަމުން އައިންތު ބުންޏެވެ.

”މިއަދު އޮމްލެޓް ކާނީ މަންމަ އަތުން!“ އޮމްލެޓްގެ ވާހަކަ އައިންތު ބުނުމުން ރިހާން ބޭނުންވީ އައިންތު އަތުން ލައްވައިދީގެން ކެއުމަށެވެ. ރިހާންގެ އަޑު އިވުމުން އަނެއްކާ ވެސް އައިންތުގެ ލޮލުން ކަރުނަ ނީރައިލިއެވެ. ލޯތްބާއެކު ރިހާންގެ އަނގާގައި ބިސްގަނޑުލައްވައި ދެމުން ދިޔަ އައިންތު އިރު އިރުކޮޅުން ރިހާންގެ ބޮލުގައި ފިރުމާލައެވެ. ނުރޮއެވޭތޯ ކެތްކޮށްލައިގެން އިނަސް މަންމަ އުޅޭގޮތުން ރިހާންގެ ހިތް ރޮމުން ދިޔައެވެ. އެ މަންމަ އެއިނީ ހާދަ އަސަރެއްކޮށްފައެވެ. ހައިދަރު އަދި ރިހާން ވެސް އެ އުޅެމުންދަނީ އެމީހުންގެ އަމިއްލަ ދުނިޔޭގައެވެ. މައިމީހާގެ ހާލަކީ މައިމިހާގެ އިޙުސާސަކީ ކޮބައިތޯ ބަލައިނުލެވި ދިޔައީ ކޮންމެ މީހަކުވެސް އެމީހަކު ލޯބިވާ ކޮންމެވެސް އެހެން ފަރާތެއް މިލްކު ނުކުރެވިގެން އުޅުމުގެތެރޭގައެވެ. އެކަމާ ރިހާން އިންތިހާއަށް ދެރަވިއެވެ. އަދި މީގެ ފަހުން އެއްވެސް އެހެން މީހަކު މަންމަގެ ކުރިއަށް ނުނެރެން ރިހާން ނިންމިއެވެ.

މެންދުރަށް އައިންތު ހެދީ ލަޒާނިއާ އެވެ. އެގޭގައި ލަޒާނިއާ މީރު ނޫން އެކަކުވެސް ނުހުރެއެވެ. ޚާއްސަކޮށް އައިންތު އަތުން ހަދާ ލަޒާނިއާ ކާން ހައިދަރު ވެސް މުސްކާން ވެސް ވަރަށް ވަރު ހުރެއެވެ. ފޮނި އެއްޗެއް ހަދާފަ ފްރިޖަށް ލާފަ އައިންތު ނަމާދުކުރުމަށް ކޮޓަރިއަށް ވަނީ މެންދުރުކާން ގެއަށް އައުމަށް ހައިދަރަށާ މުސްކާން އަށް މެސެޖް ކޮށްފައެވެ.

އައިންތުގެ މެސެޖް މުސްކާންއަށް ފެނުނީ ބްރޭކް ގަޑި ޖެހިގެން އެކުވެރި ޒުނޭއާ އެކު ރެސްޓޯރެންޓަށް ކާން ވަން ފަހުންނެވެ. މުސްކާން ވިސްނައިލިއެވެ. އައިންތު އެ ގޮތަށް ގެއަށް ކާން އަންނަން ދުވަހަކުވެސް ނުބުނެއެވެ. ނު ގޮއްސިއްޔާ އައިންތު ވަރަށް ދެރވާނެއެވެ. ނުގޮއްސިއްޔާ އެކަށީގެންވާ އުޒުރެއް މުސްކާން ދައްކަން ވެސް ޖެހޭނެއެވެ. ހައިދަރެއް އެގަޑީގައި ގެއަކު ނުހުންނާނެއެވެ. އަނެއްކޮޅުން ރިހާން އުޅޭނެކަންނޭނގެއެވެ. ވަކި ގޮތެއް ނިންމަން އިރުކޮޅަކު ހުރުމަށްފަހު މުސްކާން ޒުނޭ ކައިރިން މައާފް އެދެމުން އޯޑަރ ކެންސަލް ކުރުމަށްފަހު ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

އެޕާޓްމަންޓްގެ ދޮރު ހުޅުވައިލަމުން އެތެރެއަށް ވަން މުސްކާންއަށް ފެނުނީ ގޭގެ އެންމެން ކާން އިށީނދެ ތިބި ތަނެވެ. އެތާގައި މަދީ މުސްކާން އެކަންޏެވެ. އެހެންވިޔަސް އެމީހުން ކާކަށް ނުފަށައެވެ. އެ ތިންމައިން ތިބީ ވާހަކައެއްގައެވެ. ވާހަކަ ދައްކަމުން ދިޔައީ ހައިދަރެވެ. އެމީހުން ދައްކަމުން ދިޔައީ ކޮން ވާހަކައެއް ކަމެއް މުސްކާންއަކަށް ނޭނގެއެވެ. މުސްކާން ހަމަ ފެނުމާއެކު ހައިދަރު ވާހަކަ ހުއްޓައިލިއެވެ.

މުސްކާންއަށް ވެސް ހައިދަރު ފެނުމުން ނުތަނަވަސްކަން އިހުސާސް ވިއެވެ. ހައިދަރުގެ ކުރިމައްޗަށް އަރަން އުދަނގޫވިއެވެ. އެހެންނަމަވެސް މަޑުމަޑުން ހިނގާލާފަ ހައިދަރުގެ ފުރަގަހުން ގޮސް ސިންކް ކައިރީ މަޑުކޮށްލިއެވެ.

”އަވަހަށް އާދޭ! …މުސްކާން ނައިސްގެން ކާންނުފެށި މިތިބީ!“ އައިންތު ފެށީ ހުރިހާ ކުދިންގެ ތައްޓަށް ކާއެއްޗެހި އަޅާށެވެ. ފުރަތަމަ ރިހާންގެ ތައްޓަށެވެ. ދެން ހައިދަރުގެ ތައްޓަށެވެ. ދެން މުުސްކާންގެ…..

މުސްކާން އެތަނަށް އައިއްސިކަން އެނގުމުން ރިހާންގެ މޫނުމަތިން ފެނުނީ އުފައުވެރިކަމެވެ. އެހެންނަމަވެސް އެ އުފާވެރިކަން ދެމިހުރީ އިރުކޮޅަކަށެވެ.

އައިންތު މުސްކާންގެ ތައްޓަށް ލަޒާނިޔާ އަޅާތަން ފެނުމުން ހައިދަރުގެ ހިތުގައި ހިނގައިގަތީ ރުޅިވެރިކަމެވެ.

”މަންމަ ކީއްކުރަން ބޮޑެތި ސިންގާ މީހުންގެ ތައްޓަށް ކާއެއްޗެހި އަޅައިދެނީ!“

”ދަރިފުޅު!“ އައިންތު އުޅުނީ ހައިދަރު އިތުރަށް ވާހަކަ ދެއްކިޔަ ނުދޭން ވެގެންނެވެ. މުސްކާން ދެރަވާނެ ވަރު އެނގޭތީއެވެ. އައިންތު ހިތްހަމަ ނުޖެހުނުކަން އެނގުމުން ހައިދަރު ވެސް އިތުރަށް ވާހަކައެއް ނުދައްކައެވެ.

އޭރު އަދި މުސްކާން އެ ފަރާތަށް އެނބުރި ނުލައެވެ. އެކަމަކު އެ އަޑު އިވުނެވެ. ހައިދަރު އެ ދެއްކީ މުސްކާންގެ ވާހަކަކަން މުސްކާންއަށް އެނގުނީ އައިސް ކާން އިށީން ފަހުން މުސްކާންގެ ތަށީގައި ކާއެއްޗެހި ހުރިތަން ފެނުމުންނެވެ.

މުސްކާން ބެލީ ވީހާވެސް ހަމަ ޖެހިގެން އިނދެ ކެވޭތޯއެވެ. ހައިދަރުގެ ފަރާތުން އެ ފެނުނު ހިތްހަމަ ނުޖެހުން މުސްކާންއަށް ނުފެންނަކަމަށް ހެދުމަށެވެ. އެހެންނަަވެސް މުސްކާން އިނީ ވަރަށް ލަދުންނެވެ.

”ތިހުރިހާ ކުދިން އެއްކޮށްް ކާން ނާރާތީ މަންމަ މިހުންނަނީ ވަރަށް ދެރަވެފަ. ކީއްވީ އެންމެން ރުޅީތަ!“ އައިންތު އެހެންބުނީ ސަމާސާއަކަށެވެ. އައިންތުގެ ސަމާސާ އެކަކަށް ވެސް ކަމަކު ނުދެއެވެ. އެހެންވިޔަސް އެކަކުވެސް ޖަވާބެއް ނުދެއެވެ. އައިންތުގެ ވާހަކަ އޮތްބާލަން ހައިދަރު ފެށީ އެހެން ވާހަކައެކެވެ. އޮފީހުން ލިބުނު ކުރު ކޯހެއްގައި ރާއްޖެއިން ބޭރަށް ދާން ޖެހުނު ވާހަކައެވެ. އެހެންކަމުން އައިންތުގެ ސަމާލުކަން ވެސް އެކަމަށް ހުއްޓުނެވެ. އެ ވާހަކަ އައިންތަށް މުހިންމު ވީމައެވެ.

”ދަރިފުޅު ކޮން އިރަކު ފުރަނީ! ކިހާ ދުވަހަކަށް!“ އަމިއްލަ ދަރިފުޅުގެ ކުރިއެރުމާ މެދު އައިންތު އުފާވިއެވެ. އެހެންކަމުން އެ ދަތުރާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަ އަހާ އޮޅުން ފިލުވަމުން ދިޔައެވެ. ހައިދަރު ޖަވާބު ދެމުން ގެންދިޔައީ އިސްޖަހާލައިގެން އިނދެ ކަމުންނެވެ.

އަނގައިން ނުބުނެ އެ ވާހަކަ އަޑުއަހަން ތިބީ ރިހާންއާ މުސްކާން އެވެ. ހައިދަރާ އައިންތުގެ ކަޅިމަތި ބަލަމުން ދިޔަ މުސްކާން ހިތްފުރޭވަރަށް ރިހާންއަށް ބަލަމުން ދިޔައެވެ. އެއްވެސް ގޮތެއް ނެތި ހަމަ އެކަނި އަޑުއަހަން އިނީ ރިހާން އެވެ.

ހައިދަރުގެ ވާހަކަ ހުސްވުމުުން އައިންތު ބުނީ އައިންތު ދަައްކަން ބޭނުން ވަރަށް މުހިންމު ވާހަކަ އެއް އެބަ އޮތްކަމަށެވެ.

”އަހަންނަށް ލަސްވޭ މަންމާ!“ ހައިދަރު ބޭނުންވީ ކައި ނިކުމުން އެތަނުން އަވަހަށް ދިއުމަށެވެ.

”ލަސްވިޔަސް މިވާހަކަ މަންމަ ދައްކަން ބޭނުންވޭ މި ވަގުތު!“ އައިންތުގެ އަޑު އިވުމުން އެތާ ތިބި ކޮންމެ މީހެއްގެ ވެސް ހިތް ތެޅިލިއެވެ. ކޮންމެ މީހެއްގެ ހިތަށް ވެސް ވީ ނުބައި ގޮތެކެވެ.

”ބައްޕަ ދުނިޔޭގަ ހުރި އިރު މަންމައާ ތި ދެބެންނާ ބައްޕައާ އެކު ޢުމުރާގެ މަތިވެރި އަޅުކަމަކަށް ދާން ނިންމާފަ އެ ވާހަކަ މަންމައާ ދެއްކި! އަދި އެކަމަށް ބޭނުންވާ ލާރިވެސް ހުރީ އެއްކޮށްފަ! ބައްޕަ ނިންމާފަ އޮތީ އަންނަ ޑިސެމްބަރ މަހު ޢުމުރާއަށް ދާން. އެހެންވީމަ މަންމަ ވެސް ބޭނުންވަނީ ބައްޕަ ނިންމާފަ އޮތްގޮތަށް ހަމަ ޑިސެމްބަރުގަ ދާން!“

”ތީ ވަރަށް ރަނގަޅު ގޮތެއް! އަހަރެންގެ އޮފީހުގެ މި ކޯސް ވެސް ތި ހިސާބަށް ނިމޭނެތާ!“ ހައިދަރު ވެސް ބައްޕަގެ މި ނިންމުމަށް އިޙުތިރާމް ކުރާނެއެވެ. އެހާ ޅައުމުރުގައި ބަރާބަރަށް އަދާއަށް ފަރުޟު ފަސްނަމާދު ނުކުރެވުނަސް ބައްޕަ ނިންމާފައި އެވާ ގޮތަށް ހައިދަރު ވެސް ޢުމްރާއަށް ދާނީއެވެ.

ހައިދަރު ތެދުވެގެން ގޮސް ސިންކް ކައިރީ މަޑުކުރުމުން އައިންތު ވާހަކަ ދެއްކީ ރިހާންއާ އެވެ. ރިހާން ބުނީ އެއީ ރިހާން ވަރަށް އުންމީދުކޮށްގެން ހުރި ކަމެއް ކަމަށާ އެ ވާހަކަ އިސްވެ ބައްޕައާ ދެއްކީ ވެސް ރިހާން ކަމަށެވެ. އެހެންކަމުން ބައްޕަ އެ ގޮތަށް ނިންމީތީ ވަރަށް އުފާވާކަމަށް ރިހާން ބުންޏެވެ.

”ބޭބެ އަހަރެން ގޮވައިގެން ތަންތަނަށް ދާނެ ދޯ! މި ބުނީ…..“ ރިހާން އެ ބުނި އެއްޗެއް އައިންތަށް އެނގުނެވެ.

”ދަރިފުޅު ކަންބޮޑުނުވޭ! މަންމަ މިހިރީނު!“ އައިންތު ބޭނުންވީ ރިހާން ހިތްހަމަ ޖައްސައިދޭށެވެ.

އެދެމައިންގެ ވާހަކަ އަޑު އަހަމުން މޭޒުމަތީ ހުރި ހުސްތަށިތައް ނަގާ ސިންކަށް ލަމުން ދިޔަ މުސްކާންގެ ހިތުގައި އުފަންވީ އެހެން ޚިޔާލެކެވެ.

މުސްކާން، ތަށިތައް ބަހައްޓާ! ދައްތަ ދޮވެލަފާނަން! އޮފީސް ހެދުން ހަޑިވެދާނެ ނު!“ އައިންތު އާދައިގެ މަތިން ތަށިތައް ދޮންނަން ސިންކް ކައިރިއަށް ޖެހިލިއެވެ.

-ނުނިމޭ-

Tags: ވާހަކަމުސްކާން

ގުޅުންހުރި ލިޔުންތައް

ކުރު ވާހަކަ: މުށުން ދޫވިފަހުން – ފުރަތަމަ ބައި

ކުރު ވާހަކަ: މުށުން ދޫވިފަހުން – ފަހު ބައި

މާރޗް 31, 2023
ކުރު ވާހަކަ: މުށުން ދޫވިފަހުން – ފުރަތަމަ ބައި

ކުރު ވާހަކަ: މުށުން ދޫވިފަހުން – ފުރަތަމަ ބައި

މާރޗް 30, 2023
ކުރު ވާހަކަ: ހިމޭން ލޯބި

ކުރު ވާހަކަ: ހިމޭން ލޯބި

މާރޗް 29, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ސައުވީސް ވަނަ ބައި

މާރޗް 28, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In