ދެ އަންބަށް އިންނަން ފައިނަގަންވާނީ އެކަމަށް ކުފޫ ހަމަވާ މީހަކު ކަމަށް ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވެއްޖެއެވެ.
މި ދުވަސްވަރަކީ ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ދެ އަންބަށް މީހުންނާ އިނުމުގެ ވާހަކަތައް ތަންކޮޅެއް ގިނައިން ދެކެވެމުންދާ ދުވަސްވަރެކެވެ.
ޒައިދު ވިދާޅުވީ ދެ އަންބަށް އިނުމަކީ އިސްލާމްދީން ހުއްދަކުރާކަމެއް ނަމަވެސް، އެކަމަށް ފައިނަގަންވާނީ އެކަމަށް ކުފޫ ހަމަވާ މީހަކު ކަމަށެވެ.
އެއީ ހަށިގަނޑުގައި ވަރުހުރި، ފައިސާގެ ގޮތުން އެ މުޖުތަމަޢެއްގެ މެދުމިނުގެ މިންގަނޑުން ޚަރަދު ކުރެވޭނެފަދަ ޢަދުލުވެރިވެވޭނެ ކަމުގެ އިތުބާރު އޮތް މީހެއް ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
ކުފޫހަމަވަންޏާ ހަމަ އިންނަންވީ ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
އިސްލާމްދީނުގައި ފިރިހެނާއަށް ހަތަރު އަނބިން ހުއްދައެވެ. ނަމަވެސް ރާއްޖޭގައި ހަތަރު އަންބަށް އިނދެގެން އުޅޭ މީހުން އެހާ ގިނައެއް ނޫނެވެ.