ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކ.ކުޑަގިރި ރަސްމީކޮށް ހުޅުވައިދެއްވުމުން ރައީސް މުޙައްމަދު ނަޝީދު ފެކްޝަނުގެ ބައެއް މެންބަރުން ފާޑުވިދާޅުވެއްޖެއެވެ.
ކުޑަގިރިއަކީ މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަކޮށްގެން ސަރުކާރުން ތަރައްޤީކޮށްފައިވާ ރަށެކެވެ.
މިފަދަ ރަށެއް ތަރައްގީ ކުރުމުގެ ވަޢުދަކީ، ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.
ނަމަވެސް އޭގެ އެތައް ދުވަހެއް ފަހުން ކުލަގަދަ ރަސްމިއްޔާތަކާއެކު ކުޑަގިރި ހުޅުވީ މިއަދު ހެނދުއެވެ. ކުޑަގިރި ހުޅުވައިދެއްވީ ރައީސް ޞާލިޙެވެ.
މިއަދު ބޭއްވި ރަސްމިއްޔާތަށް ޢިޝާރަތް ކުރައްވަމުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ( ވައްޑެ ) ވިދާޅުވީ ހީވަނީ އައު ކުކުޅަކަށް ގާ ބިހެއް އެޅިގެން އުޅޭހެން ކަމަށެވެ.
”އައު ކުކުޅަކަށް ގާ ބިހެއް އެޅުން“ މި ބަހަކީ މިސާލު ބަހެކެވެ. މާނައަކީ ތިމާޔަށް ވެވުނު ކުޑަކުޑަ ކަމެއް ނުވަތަ ލިބުނު ކުޑަކުޑަ ނިޢުމަތެއްގެ ވާހަކަ މާ ބޮޑަށް ދައްކަ ދައްކައިފައި އެކަމާ އުފާވެ އުޅުމެވެ.
ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވިދާޅުވީ 100 ދުވަހުގެ ތެރޭގައި ހޯދައި ދެއްވަން ވަޢުދުވެވަޑައިގަތް ޕިކްނިކް އައިލެންޑެއް 1548 ދުވަހުން ނިމިއްޖެ ކަމަށެވެ.
ރައިސްސޯލިހުއަކީމަކަރާހީލަތުއްފުރިފަހުރިއިންސާނެޢްމިބޭފުޅާގެމަގުސަދަކީރަތްޔިތުއްހެއްވާލާފަރޮއްވާލުއްމީގެމާނައަކީ
ރަތްޔިތުއްފެލާލާފައިންތިހާއަށްޖީއެސްސީނަގާތަކެތީގެއަގުބޮޑުކޮއްދައުލަތުގެރައުސްމާލުހުސްކޮއްއެވަރުއްނުފުދިގެއްގެރިމޯދީސަރުކާރަތްމާލޭގަހުރިނަމަހުރިއަގުހުރިއިމާރާތައްރަހުނުގެގޮތުގަވިއްކާލާ…މިގައުމުގެސަލާމަތީބާރުތަކުގެއަގުވައްޓާލާފައިންޑިއާގެސަލާމަތީބާރުތަކައްމިގައުމުގެދާހިލީސިޔަސަތުބެލެހެއްޓުމައްހަވާލުކުރުއް