ޤައުމު ހިންގެވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެތައް ކޮހެއް ހައްދަވައިފި ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.ޚަލީލް ވިދާޅުވެއްޖެއެވެ.
ޑރ.ޚަލީލް މިހެން ވިދާޅުވީ ކުޑަގިރި ރަސްމީކޮށް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙަށް ދެއްކެވުނު ވާހަކައަކާ ގުޅިގެންނެވެ.
މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްޤީކުރި ކުޑަގިރި ހުޅުވައިދެއްވައި ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުޑަގިރީގައި ދުންފަތުގެ އިސްތިއުމާލުކުރަން ދެ ސްޕޮޓެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އެހެން ވިދާޅުވާން އުޅުއްވި ވަގުތު ރައީސް ޞާލިޙަށް އެހެން ލަފުޒެއް ވެސް ވިދާޅުވެވުނެވެ.
”އަޅުގަނޑު ހިތުން މުޅިން ދެ ސްޕޮޓެއް މިވަނީ ހަމައެކަނި އެއީ ސް، މަސްތުއާ، ސިނގިރެޓް، ދުންފަތުގެ އިސްތިޢުމާލު ކުރުމަށް އެކަނި ޚާއްސަ ކުރެވިފައި ހުރި ތަނަކަށް ހަދާފައި.“
ރައީސްއަށް މަސްތުވާތަކެތީގެ ވާހަކަ ވިދާޅުވެވުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ޑރ.ޚަލީލް ވިދާޅުވީ 24 ގަޑިއިރު ހަމައިގައި ހުންނަން ނުޖެހޭނެ ކަމަށް މިބައިމީހުން ބުނެ އުޅުނީ ހަމަ ތެދަކަށް ކަމަށެވެ.
”އަމިއްލަފުޅު ކޮއްކޮ ވެސް، އަރިސް އެމްޕީ ވެސް ކުރަނީ މަލާމާތް،“ ރައީސް ޞާލިޙަށް ދެއްކެވުނު ވާހަކައާ ގުޅިގެން ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމުގެ މޫނަށް އެރި ކުލަވަރުތަކަށް ޢިޝާރަތް ކުރައްވައި ޑރ.ޚަލީލް ވިދާޅުވިއެވެ.
ޑރ.ޚަލީލް ވިދާޅުވީ ޤައުމު ހިންގެވުމުގައި ރައީސް ޞާލިޙް މިކަހަލ އެތައް ކޮހެއް ހައްދަވައިފި ކަމަށެވެ.
ޑޮކްޓަރުންނަކީ ތިކަހަލަ ޕޮއިންޓް ތަކުގާ ހިފާ ދަމާ ބައެއްނޫން އަނެއްކާ ތިއީ މަގުމަތިން ނެގި ފާހެއްތޯ