ރާއްޖޭގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އިނަ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާޤް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
ފިރާޤްގެ މެންބަރޝިޕް ފޯމު ހަވާލުކުރައްވާފައިވަނީ ޖޭޕީގެ ނައިބު ރައީސް އަޙްމަދު ސަޢުދުއާއެވެ.
ފޯމު ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޭޕީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އޭގެތެރޭގައި މުޙައްމަދު ނިހާން ޙުސައިން މަނިކާއި ރިޔާޟް ރަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ދިވެހިރާއްޖޭގެ ވިޔާފާރީގެ ދާއިރާގައި ވަރަށް އިސް ދައުރެއް އަދާކުރައްވާ ފިރާޤް ޖޭޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ ލީޑަރު ވަނީ ފިރާޤަށް މަރުހަބާ ވިދާޅުވެފައެވެ.
ޖޭޕީއަކީ ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އައިފަހުން އައި ކޮންމެ ސަރުކާރެއް ގެނައުމަށް ޖޭޕީން ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ.