ހުކުރު, މާރޗް 31, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޑްރަގް ޓްރެފިކްކުރާ ބިދޭސީން ފޮނުވައިލެވޭ ގޮތަށް އޮތް މާއްދާ އުވައިލަން ގޮވާލައި ކުއްލި މައްސަލައެއް

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 11, 2023
ޚަބަރު
0
އަމީނީމަގު ހަދަން އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ މަޖިލީހަށް މައްސަލައެއް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް

ެރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް އެއްވެސް އަދަބެއް ނުދީ, ވަގުތުން އަނބުރާ ފޮނުވައިލެވޭ ގޮތަށް ސިޔާސަތުތައް ކަނޑައަޅައި އަމަލުކުރަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ.

މި މަހުގެ 07 ވަނަ ދުވަހު ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން, މި މަހުގެ 6 ވަނަ ދުވަހު ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެއައި ބުރެޒިލްގެ އަންހެނަކު ވަނީ 2.5 ކިލޯގެ ”ކޮކެއިން“ އެތެރެކޮށްފައެވެ.

ނަމަވެސް ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ރާއްޖެ އެތެރެވިޔަ ނުދީ މޯލްޑިވްސް އިމިގުރޭޝަނުން އޭނާ އަނބުރާ ފޮނުވާލައިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އިމިގުރޭޝަނުން އޭނާ ފޮނުވައިލީ ”ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު“ އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މި ގަވާއިދަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގަވާއިދެކެވެ.

ޙަސަން ލަޠީފް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ, އެމްޑީޕީގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެއް ސިޔާސަތަކީ ”މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދު ކުރުން ކަމަށާއި, 2008 ވަނަ އަހަރާއި, 2013 ވަނަ އަހަރާއި އަދި 2018 ވަނަ އަހަރުވެސް އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯތަކުގައި ސާފުކޮށް ބަޔާންކުރާ އެއް ކަމަކީ ދިވެހި ޒުވާން ޖީލު މަސްތުވާތަކެތީގެ ޝިކާރައަށްވެ, އެ ޖީލު ހަލާކުވެ ނެތިދިއުމުން ސަލާމަތް ކުރުން ކަމަށެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދައި, އެ ފަރާތްތަކަށް އަދަބު ދެވޭނޭ ހަރުދަނާ ނިޒާމެއް ގާއިމުކޮށް އެ ސިޔާސަތު ތަންފީޒު ކުރުން ކަމަށެވެ.

”އެހެންނަމަވެސް އިސްވެ ދެންނެވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތާ ދިމާ އިދިކީއްޔަށް ސަރުކާރުން ވަނީ މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާއެކު ބިރެއްނެތި, އެ ވިޔަފާރި ކުރެވޭނޭ ގޮތަށް އަދި އެ ވިޔަފާރިއަށް ހިއްވަރު ލިބޭނޭ ގޮތަށް ސިޔާސަތު ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.“

އެ ގަވާއިދު މިހާރު އޮތް ގޮތުން ރާއްޖެއަށް ފަސޭހަކަމާއެކު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށާއި, ޓްރެފިކަރުންނަށް އަދަބެއް ލިބިދާނޭ ކަމުގެ އެއްވެސް ބިރެއް ނެތި އެ ވިޔަފާރިކުރުމަށް މަގުފަހިވެފައިވާ ކަމަށް ޙަަސަން ވިދާޅުވެފައިވެއެވެ.

”މިކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވަރކްތަކުން ރާއްޖެއަކީ އެވިޔަފާރީގެ މަންޒިލަކަށް ހަދައި, ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓައިލުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.“

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބުނެފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެ މަސްތުވާތަކެއްޗެއްގެ ބާވަތަށް ބަލައި އެންމެ ބޮޑު އަދަބުގެ ގޮތުގައި 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 10,000,000 ރ. އިން ޖޫރިމަނާ ކުރުން ވެސް އެ ޤާނޫނުގައި ހިމެނެއެވެ.

ޙަސަން ވިދާޅުވެފައިވަނީ, ޤާނޫނުން ކުށާއި އަދަބު ކަނޑައަޅާފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި, އެ ގަވާއިދު ތަންފީޒު ކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން ”ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު“ ގައިވާ ”މަސްތުވާތަކެއް ޗާބެހޭ ޤާނޫނު“ އާ ތަޢާރުޒުވާ ބައިތައް އުނިކުރުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅުއްވާ ކަމަށް ޙަަސަންގެ މައްސަލައިގައި ވެއެވެ.

Tags: އެމްޑީޕީ

ގުޅުންހުރި ލިޔުންތައް

ރަހީނު ކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާރޗް 31, 2023
ފޭކް ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލަ ތަހްގީގުކުރަން އިންޓަޕޮލްގެ އެހީ ހޯދަނީ

ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް

މާރޗް 31, 2023
ޤާސިމްގެ ސްޕެޝަލް އެންވޯއީއަކަށް އިލްހާމް އައްޔަންކޮށްފި

އާޒިމަކީ ޤާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން: އިލްހާމް

މާރޗް 31, 2023
ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000ރ. ގެ ޖުރިމަނާއެއް

ގުރައިދޫ ދާއިރާ ބައި އިލެކްޝަން: ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

މާރޗް 31, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In