މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ކ.ކުޑަގިރި ތަރައްޤީކުރީ ދައުލަތުގެ 4 ކުންފުންޏެއް ބަނގުރޫޓު ކޮށްލައިގެން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެެއެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތަކަކާއެކު ކުޑަގިރި ހުޅުވީ މިއަދު ހެނދުނުއެވެ. އެ ރަށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ރަށެއް ތަރައްގީ ކުރުމުގެ ވަޢުދަކީ, ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން ވަޢުދެކެވެ.
ޝިޔާމް ވިދާޅުވީ ދައުރު ނިމެން ހައެއްކަ މަހަށްވެފައި ވަނިކޮށް ދަޢުލަތުގެ 4 ކުންފުނި ބަނގުރޫޓު ކޮށްގެން އެ ރަށް ނިންމީމާ ޞާލިޙްގެ ސްލޯކަން ޔަޤީންކޮށްދޭ ކަމަށެވެ.
ނަމަވެސް ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ 5 އަހަރުތެރޭ ބޮޑު ޝަހަރެއް ހިއްކައި 10000 އާއިލާއަށް ބޯހިޔާވަހިކަން ޔަޤީން ކޮށްދެއްވި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
tikudhim muhsadi vee muLhi daulth bangrootu kohlaigen