ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އިންޑިއާގެ ހޮސްޕިޓަލެއްގައި ހުއްޓާ އެ ޤައުމުގެ އިމިގުރޭޝަނުން އޭނާ ހިފަހައްޓައިފިއެވެ.
ޢާއިލާ ގޮވައިގެން ބޭސްފަރުވާއަށް ސަމަދުބެ އިންޑިއާއަށް ދިޔައީ އިއްޔެގައެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިންޑިއާގެ އިމިގުރޭޝަން އޮފިސަރުން ސަމަދުބެއާ ސުވާާލުކުރަން ފެށީ ޢާއިލާއާއެކު ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ ކަމަށާއި އިމިގުރޭޝަނުގެ ބެލުުމުގެ ދަށުން ސަމަދުބެ މިހާރު ހުރީ އެއާޕޯޓުގައި ކަމަށެވެ.
ސަމަދުބެ ގެންދިޔައީ ޕާސްޕޯޓުގެ މައްސަލައެއް ޖެހިގެން ކަމަށް ބުނެއެވެ. ނަމަވެސް އެއާޕޯޓަށް ގެންދިޔައީ ޑީޕޯޓުކޮށްލަން ކަމެއް ނުވަތަ ސީދާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވި ގޮތުން ސަމަދުބެ ހިފެހެއްޓީ އިންޑިއާ އައުޓު ހަރަކާތުގައި އިސްކޮށް އުޅުއްވާތީ އެ ސަބަބާ ހުރެއެވެ.
ސަމަދުބެ ފޭސްބުކްގައި ޢާންމުކުރެއްވި ވީޑިއޯއެއްގައި ބުނެފައިވަނީ ”އަޅުގަނޑުގެ ދަރިންނާއި އަނބިމީހާ އެ ތަނުގައި އެކަނިވެރިކޮށްލާފައި އަޅުގަނޑު މިހާރު މި ގެންދަނީ އެއާޕޯޓަށް“ ކަމަށެވެ. އަދި އޭނާގެ ކުށަކީ ކޮބައިކަމެއް ނޭނގޭ ކަމަށާއި ބެލެވޭ ގޮތުން ކުރިއަށް އެ ގެންދަނީ ޑީޕޯޓުކުރުމުގެ މަސައްކަތް ކަމަށެވެ.
މިއުޅެނީ މި ފެންވަރުގެ މީހުންނެވެ. އިންޑިޔާ އައުޓް ގޮވާ، ހަޅޭއްލަވާ،، ޓީސާޓް ލައިގެން ތެޅިތެޅިފައި ކަމެއް ދިމާވާއިރަށް އިންޑިޔާއަށް! ލަދުހަޔާތޭ މިކިޔާ އެއްޗެއްވެސް ނެތީއެވެ.