ލ.ގަން ހުޅަނގު ފަރާތަށް މަސްވެރިކަމަށް ނިކުމެ އުޅުނު ޑިންގީއެއްގެ އިންޖީނު ހުއްޓިގެން އޮޔާދާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދުގެ 12:50 ހާއިރުއެވެ.
ެެއެ ގޮތުން ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް އެ ޑިންގީއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެ ޑިންގީގައި ތިބީ ފިރިހެނަކާއި ކުޑަ ފިރިހެން ކުއްޖެކެވެ. އެ ދެ މީހުންގެ ހާލުވެސް ރަނގަޅެވެ.
ސިފައިންގެ އެހީތެރިކަމާއެކު މިހާރު އެ ޑިންގީ ވަނީ ގަން މުކުރިމަގު އަވަށު ބަނދަރަށް ވައްދާފައެވެ.