ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުންދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ބުނީ ޕޮލިސް ސްޓޭޝަނުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ގާބުރިއެއް އެއްލުމުން ކަމަށެވެ.
ގާބުރި އެއްލި ވަގުތު ސްޓޭޝަނުގައި ހުރި ފުލުހަކަށް އަނިޔާވި ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އަދި އެ މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.