އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާ އޮންނާނެކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 09:00 ގައި ކަމަށެވެ.
ނިހާނުގެ މައްޗަށް ދަޢުވާ އުުފުލީ އެމްއެމްޕީއާރްސީގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަތުން އެކި ފަހަރު މަތިން ފައިސާ ހޯއްދެވިކަމަށް ތުހުމަތު ކުރެވުމުންނެވެ.
ނިހާނުގެ މައްޗަށް އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދަޢުވާއާއި، މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއަކާއި، ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާއެވެ. އެކަމަކު ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ އެއް ދަޢުވާ ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.
ނިހާން ވަނީ ދަޢުވާތަކަށް އިންކާރު ވެސް ކުރައްވައިފައެވެ.