މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އަންނަނީ އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި މާލޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންނެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރު 14:00 އިން 16:30 އަށް މާލޭގެ ބައެއް ސަރައްހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނީ މާފަންނުގެ މަޖީދީ މަގާއި, އޯކިޑް މަގާއި, ފަރީދީ މަގު މި ސަރަހައްދުތަކުންނެވެ.
ސްޓެލްކޯއިން ވަނީ ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.