ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ހިޔާ ކޮމިއުނިޓީ ހިމެނޭހެން އެޗްޑީސީއާ ގުޅިގެން ހިޔާ ބީޗް އޭރިއާ އަދި ލެގޫން އޭރިއާ ސާފުކޮށްފި އެވެ.
މިއަދު ހެނދުނު ބޭއްވި މި އިވެންޓުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ބައިވެރިވެވަޑައިގެންނެވި އެވެ. މި އަހަރުތެރޭގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސައް މީހުން އާބާދުވަމުން އައުމާއިއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ އަސާސީ އެންމެހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެޗްޑީސީގެ ފަރާތުން ދަނީ ކުރަމުންނެވެ.
އެގޮތުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސރަހައްދުގެ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތަކާއި އަދި މި ނޫންވެސް އެހެނިހެން ގިނަ ހިދުމަތްތަކެއް އެޗްޑީސީން ވަނީ ފޯރުކޮށްދީފަ އެވެ.